ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ "ހިޔާ" ފްލެޓްތަކުގެ ކުލީގެ އަގު ކުރިން ކަނޑައަޅަފައިވާ ވަރަށްވުރެ ބޮޑުކޮށް މިސަރުކާރުން ދިނުމަށް ނިންމި ނިންމުމަކީ ރައްޔިތުންނަށް ދެވުނު އިތުރު ހިތްދަތި ކަމެއްކަމުގައި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހިޔާ މަޝްރޫއުގެ އެންމެބޮޑު ހިއްސާއެއް އަދާކުރެއްވި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުއިއްޒު ވިދާޅުވީ 5،600 އަށްވުރެ ބޮޑު އަދަދެއް ހިޔާ ފްލެޓުގެ ކުލީގެ ގޮތުގައި ނެގުމަކީ ރައްޔިތުންނަށް މިހާލަތުގައި ދެވޭ ވަރަށްބޮޑު ދެރައެއް ކަމަށެވެ. ފްލެޓްތަކުގެ ދޮރާ، ޓައިލްސް އާއިއެއްކޮށް، 5،600 އަށް ދެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ކުލި25 އަހަރަށް ބަލާހާނަމަ މަހަކު ދައްކަންޖެހޭ ވަރު 3،800 އަށް ކުޑަވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. ކޯވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ އިޤްތިޞާދީ ހާލަތު ނުހަނު ދަށް ހާލަތަކަށް ވެއްޓިފައި ވަނިކޮށް ކުލީގެ އަގު ބޮޑު ކުރުމަކީ ރަށްޔިތުންނަށް ދެވޭ އިތުރު ހިތްދަތި ކަމެއްކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.
ހިޔާ މަޝްރޫޢުގެ ފްލެޓް ތަކަށް މަހަކު ދައްކަންޖެހޭ ވަރަކީ 5،600 އަށްވުރެ ބޮޑު އަދަދެއް ކަމަށް ކަނޑައެޅުމަކީ ރައްޔިތުންނަށް ދެވުނު އިތުރު ހިތްދަތިކަމެއް. ދޮރާ، ޓައިލްސް އާއިއެއްކޮށް، 5،600 އަށް ދެވޭނެ. އަދި 25 އަރަށް ބަހަލާނަމަ، 3،800 އަށް ދެވޭނެ.
– ޑރ.މުއިއްޒު ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ 7،000 ހައުސިން ޔުނިޓްގެ ކުލީގެ ގޮތުގައި އޭރުގެ ސަރުކާރުން ކަނޑައަޅާފައިވަނީ 5،600 ރުފިޔާއެވެ. ނަމަވެސް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓރަ އަސްލަމް ވިދާޅުވެފައިވަނީ "ހިޔާ" ފްލެޓްތައް ޑައުންޕޭމަންޓާ ނުލައި މަހު ކުއްޔަކީ 7،500ރ. ކަމަށެވެ.
ހިޔާ ފްލެޓަށް ދައްކަން ޖެހޭ އެންމެ ބޮޑު އަގަކީ 7،500ރ. ކަމަށް ސަރުކާރުން ކަނޑައެޅި ނަމަވެސް އެއީ އެ ފްލެޓްގެ އަސްލު އަގާ ބަލާފައި ވަރަށް ކުޑަ އަގެއް ކަމަށާއި މި މަޝްރޫއުގެ އުނދަގޫ އެޗްޑީސީއަ ށް ވަރަށް ބޮޑު ވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި، ހިޔާ ފްލެޓްތައް އިމާރާތް ކުރުމުގެ އަގާއި ލޯނުގެ ފައިނޭންޝަލް ކޮސްޓާއެކު ފްލަޓަކަށް އަސްލު ޖެހޭ އަގަކީ 11،000ރ. އެވެ.
ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން މިއަދު ނެގުމަށް ހަމަޖެހިފައިވާއިރު، ފްލެޓްތަކަށް ވަދެވޭނެކަމަށް ސަރުކާރުން އަދިވެސް ލަފާކުރަނީ 3 މަސް ފަހުންނެވެ.
ކޮމެންޓު ފޮނުވާ