އަންނަ ހޮނިހިރު ދުވަހު ބާއްވާ ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކައުންސިލް ޕްރައިމަރީގައި ރިޒުނާ ޒަރީރާއި ވާދަކުރެއްވި އެމްޑީޕީގެ ދެ ކެނޑިޑޭޓުންވެސް ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ކެނޑިޑޭޓް އިބްރާހީމް ޝުޖާ އަށް ތާއީދު ކުރުމަށް ނިންމައިފިއެވެ.
އެމްޑީީގެ ކައުންސިލް ޕްރައިމަރީގައި ރިޒުނާއާއި ވާދަކުރި ދެ ކެނޑިޑޭޓުންގެ ތާއީދު ޝުޖާއަށް ލިބުމާއިއެކު މި އިންތިޚާބު ފަސޭހަ ކަމާއިއެކު ޝުޖާ ކާމިޔާބު ކުރާނެކަމަށް ގިނަބަޔަކު މިހާރުވަނީ ގަބޫލުކުރަން ފަށާފައެވެ. މިރޭ ޝުޖާގެ ކެމްޕެއިނާއި ގުޅިވަޑައިގެންނެވި އަބްދުﷲ ހަމީދު (ހަމިއްޓޭ) އަކީ ހިތްހެޔޮ މީހުންނާއި ގުޅޭ އެކުވެރި މިޒާޖެއްގެ ބޭފުޅެކެވެ.
އޭނާގެ ތާއީދު ޝުޖާއަށް ކުރުމަށް ނިންމާއި ގުޅިގެން ޝުޖާ ވަނީ ވަރަށް ހޫނު މަރުހަބާއެއް ހަމިއްޓޭއަށް ދަންނަވާފައެެވެ. އަދި ކުރެއްވި ތާއީދާއި ހަވާލު ކުރެއްވި ޒިންމާތަކަކީ އަބަދުވެސް ހަނދާން ހުންނާވެ ކަންތައްތަކެއް ކަމަށާއި، ޚިދުމަތް ދިނުމުގައި އެންމެ އިސްކަމެއްދޭނީ އެއްވެސް ތަފާތު ކުރުމެއްނެތި ހަމަހަމަ ކަމާއިއެކު ޚިދުމަތް ދިނުމަށް ކަމުގައި ޝުޖާ ވިދާޅުވިއެވެ.
ވަރަށް ބޮޑަށް ޝުކުރިއްޔާ ހަމިއްޓޭ. ހުޅުމާލެއާއި ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ތިނިންމެވި ނިންމެވުމަށް އަޅުގަނޑު ހެޔޮހިތުން މިޤަބޫލުކުރަނީ މަތިކުރުވި ޒިންމާ އަމާނާތްތެރިކަމާއިއެކު އުފުލަން. ތަފާތު ކުރުމެއްނެތި ޚިދުމަތް ކުރާނަން. އިންޝާ ﷲ.
– ޝުޖާ ވިދާޅުވިއެވެ.
ހަމިއްޓޭގެ ތާއީދު މިރޭ ޝުޖާއަށް ލިބިފައިވާއިރު، އެމްޑީޕީ އުފެދުނީއްސުރެ މިހާތަނަށް އެޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވާ އަދި ރިޒުނާއާއި ޕްރައިމަރީގައި ވާދަކުރި ޒުވާން (ރިޔައްޓޭ) ގެ ތާއީދު އިބްރާހިމް ޝުޖާއަށް ދިނުމަށް ނިންމައި ޝުޖާގެ ކެމްޕެއިނާއި ގުޅިފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.
އެމްޑީޕީގެ އެންމެ ވަރުގަދަ އެއް އެކްޓިވިސްޓް ރިޔައްޓޭގެ ތާއީދު ޝުޖާއަށް
ރިޔައްޓޭގެ ތާއީދާއި ގުޅިގެން ޝުޖާ ވަނީ އޭނާއަށް ވަރަށް އިހުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވާފައެވެ. އަދި ޝުޖާ ވިދާޅުވީ އޭނާ އިންތިޚާބު ކާމިޔާބުކޮށް ޚިދުމަތްދޭނީ އެއްވެސް ރައްޔިތަކު ތަފާތު ކުރުމެއްނެތި ހަމަހަމަ އުސޫލަކުންކަމަށެވެ. އަދި ކޮންމެ ކުލައެއްގެ ކޮންމެ ފިކުރެއްގެ މީހަކީވެސް އޭނާގެ ކައިރީގައި ހަމަހަމަ މީހެއްކަމަށް ޝުޖާ ވަނީ ވިދާޅުވެފައެވެ.
ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޓިކެޓްގައި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ ޝުޖާއަށް އެދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ ގިނަ ބަޔަކު ދަނީ ތާއީދު ކުރަމުންނެވެ. އަދި ޝުޖާ ގެންދަވަނީ ސީދާ ރައްޔިތުންގެ ކައިރިއަށް ގޮސް ހުރި ގޮންޖުހުންތައް އޮޅުންފިލުވައި ރައްޔިތުންގެ އަދު އަހަމުންނެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުމުގެ މައްޗަށް ޝުޖާ ގެންދަވަނީ މެނިފެސްޓޯއެއްގެ ސިފައިގައި ރައްޔިތުންނަށް ކަންކަން ހުށަހަޅަމުންނެވެ.
ކޮމެންޓު ފޮނުވާ