ދުންޔާ، އަމީރަށް: އަހަރަކު 13 މިލިޔަން ޚަރަދުކޮށް، ދައުވާކުރެވެނީ 2 މައްސަލަކަން އެގިނުލައްވަނީތޯ؟

ދުންޔާ، އަމީރަށް: އަހަރަކު 13 މިލިޔަން ޚަރަދުކޮށް، ދައުވާކުރެވެނީ 2 މައްސަލަކަން އެގިނުލައްވަނީތޯ؟

Author
މުޙައްމަދު ޝަޒައިމް
07 އޭޕްރިލް 2021 10:51
0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ތަފާތުވަނީ ފަންތީގެ ތަފާތު ކުރުމެއް ނެތި ކޮރަޕްޝަނުގެ މައްސަލަތައް ބަލާތީ ކަމަށް ވިދާޅުވެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ދެއްކެވި ވާހަތަކަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ރައްދު ދެއްވައިފިއެވެ.

ދުންޔާ ވިދާޅުވީ ފިނޭންސް މިނިސްޓަރ މިފަދަ ވާހަތައް ދައްކަވާއިރު، ދައުލަތުން ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ހޭދަ ކުރާ މިންވަރުވެސް ނޭގޭކަމާއިމެދު ސުވާލު އުފެދޭކަމަށެވެ. ދައުލަތުން ކޮންމެ އަހަރަކު 13 މިލިޔަނަށްވުރެ ގިނަ ރުފިޔާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ހޭދަ ކުރާއިރު، އަހަރަކު ބެލެނީ ކިހާ މައްސަލައެއް ކަން މިނިސްޓަރަށް އެގިވަޑައި ނުގަންނަވަނީތޯ ދުންޔާ ވަނީ ސުވާލު އުފައްދަވާފައެވެ.

މިކަހަލަ ވާހަކަފުޅު ދައްކަވާއިރު ކޮރަޕްޝަންގެ މައްސަލަތައް ބަލަން އަހަރަކު 31 މިލިއަން ހަރަދު ކޮށްފައި، ދަޢުވާކުރަން ހުށަހަޅަނީ އަހަރަކު ދެމައްސަލަކަން ފިނޭންސް މިނިސްޓަރަށް އިނގިވަޑައިން ނުގަންނަވަނީތޯ؟

– ދުންޔާ ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިޔުމެންޓް ގައިޑްލައިނާއި ކުންފުނިތަކަށް އަމާޒުކޮށްގެން ތައްޔާރުކުރި ޖޮބް ކްލެސިފިކޭޝަން ފްރޭމްވޯކު ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި އަމީރު ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅަކީ މައްސަލަ ހުށަހެޅޭނެ ފަސޭހަ ނިޒާމުތަކެއް ގާއިމުވެފައި ހުރުން ކަމަށެވެ. އެކަން ފަހި ކުރުމަށް ސަރުކާރުން މިހާރު ވާނީ އޭސީސީ އަށް މައްސަލަ ހުށަހެޅުމުގެ އިތުރުން ވިސްލްބްލޯ ކުރާނެ ނިޒާމެއް ގާއިމް ކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުގައި ވެސް ކޮރަޕްޝަންގެ ކަންކަން ހުރި ކަމަށް ބުނާ ވާހަކަތަކަށް ރައްދު ދެއްވައި އަމީރު ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަން އޮތް ވަރަށް ބަލާ އިރު ކުޑަ ދުވަސްކޮޅަކުން އެކަން ހައްލު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ކޮރަޕްޝަން ހުއްޓުވުމަށް ކުރާ މަސައްކަތުގައި މި ސަރުކާރު ހުރިހާ ގޮތަކުން ވެސް ތަފާތު ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަރޭ
ބޭކާރު ވާހަކަ ނުދައްކާ!