އަންނަ ހޮނިހިރި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިން ދެ ރައީސުންނާއިއެކު އއ. ރަސްދޫގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މާދަމާގެ އިވެންޓުގައި ބައިވެރިވުމަށް މާލެއިން ގިނަ އަދަދެއްގެ އެމްޑީޕީ މެމްބަރުން ރަސްދޫއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މަޖިލިސް މެމްބަރުންނާއި، އެމްޑީޕީގެ އިސް ސަފުގެ ގިނަ އަދަދެއްގެ ބޭފުޅުންވެސް ހިމެނެއެވެ.
Aavilun Jalsaa 08 April 2021 ? #VoteMDP pic.twitter.com/T5vpy5hEp5
— S H A T H S #VoteThilafathah (@AmnaShath) April 7, 2021
އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕޭން ނިންމާލުމަށް "އާވިލުން ޖަލްސާ"ގެ ނަމުގައި ބާއްވާ މި ޖަލްސާގައި އެމްޑީޕީގެ ލީޑަޝިޕްގެ އިސް ބޭފުޅުންނާއި ބައެއް ކެންޑިޑޭޓުން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މިޖަލްސާ އަށް މާލެއިން ރަސްދޫ އަށް ވަޑައިގަންނަވާ ބޭފުޅުން އެ ރަށަށް ފައިބައިވަޑައިނުގަންނަވާއިރު، ރަސްދޫއަށް ވަޑައިގަންނަވާ ބޭފުޅުން އެރަށުގެ ބަނދަރުގައި ބޯސާޖަހާފައިވާ ދޯނިތަކެއްގައި ތިއްބަވައިގެން ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިޖަލްސާ ދައުލަތުގެ މީޑިޔާއިން ލައިވް ކުރުމަށް ހަމަޖެހިފައިވާއިރު، މިޖަލްސާގައި ރައީސް ޞާލިހުއާއި، ރައީސް ނަޝީދުވެސް ވާހަކަ ދެއްލުމަށް ވަނީ ހަމަޖެހިފައެވެ. މިޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:30 ގައެވެ.
ކޮމެންޓު ފޮނުވާ