ކުރިން ކަނޑައެޅި ކުއްޔަށްވުރެ 1،000 ރުފިޔާ ބޮޑުކޮށް، ފްލެޓްގެ ކުލި ކަނޑައަޅައިފި

ކުރިން ކަނޑައެޅި ކުއްޔަށްވުރެ 1،000 ރުފިޔާ ބޮޑުކޮށް، ފްލެޓްގެ ކުލި ކަނޑައަޅައިފި

Author
މުޙައްމަދު ޝަޒައިމް
07 އޭޕްރިލް 2021 03:42
0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ "ހިޔާ" ފްލެޓްތައް ދޭން ކުރިން ކަނޑައަޅާފައިވާ އަގަށްވުރެ، 1،000 ރުފިޔާ ބޮޑުކޮށް ކުލި ކަނޑައަލައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންގައި އެކަން އިއުލާން ކުރައްވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ޑައުންޕޭމަންޓާއެކު ކުއްޔަށް ދޭ ނަމަ އެ އަދަދު 7،500ރ. އަށް ވުރެ ކުޑަވާނެ ކަމަށެވެ. ޑައުންޕޭމަންޓު ދައްކާ މީހުންނަށް ދެ ފުރުސަތެއް ދޭނެ ކަމަށް އޭނާ ވިދާޅުވި ނަމަވެސް އެ މަޝްވަރާ އަދި ދަނީ ކުރިއަށް ކަމަށް އަސްލަމް ވިދާޅުވިއެވެ. ކުރީ ސަރުކާރުން މެއިންޓެނެންސް ފީ އާއި ކުއްޔާއި އެކުގައި ނަގަން ނިންމާފައިވަނީ 6500 ރުފިޔާއެވެ.

އަސްލަމް މިއަދު ވިދާޅުވީ 7500 ރުފިޔާ ނެގުމުންވެސް އެޗްޑީސީއަށް ގެއްލުން ވާނެކަމަށެވެ. ނަމަވެސް އެއީ ކަނޑައެޅިގެން އިތުރުފުޅެއްކަން ފާހަގަކޮށްލެވެއެވެ. މިގޮތުން މީގެ ކުރިން އެޗްޑީސީއިން ރައީސް އޮފީހަށް ފޮނުވި ކަރުދާހެއްގައި ބުނެފައިވާ ގޮތުގައި ކުލީގެ ގޮތުގައި 7367 ރުފިޔާ ނަގާނަމަ 921 މިލިއަން ރުފިޔާގެ ފައިދާއެއް ލިބޭނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ ކުލި ކަނޑައަޅާފައިވަނީ އެކަމަށް ވަރަށް ރަނގަޅަށް ބެލުމަށްފަހު ނެގެން އޮތް އެންމެ ކުޑަ މިންވަރަކަށް ކަމަށެވެ. އަދި މިއީ މިހާރު ފްލެޓްތަކަށް ނެގެން އޮތް އެމްމެ ކުޑަ މިންވަރުކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.