ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެމްބަރުންނަށް މަޖިލީހުގައި އެއްވެސް ބިރުވެރިކަމެއްނެތި ވާހަކަ ދެއްކޭނެ މާހައުލެއް ގާއިމްކޮށްދޭންޖެހޭ ކަމުގައި ރައްޔިތުންގެ މަޖީހުގެ ވިލިމާލެ ދާއިރާގެ މިނިވަން މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ބަހުސްގައި އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވާހަކަފުޅު ދައްވަމުން ދަނިކޮށް އިނގުރައިދޫ ދާއިރާގެ އެމްޑީޕީ މެމްބަރުވަނީ ވާހަކަ ދެއްކުމަށް ހުރަސްއަޅައި، އާދަމް ޝަރީފްގެ މޭޒުކައިރީގައި ހުންނަވައިގެން ވަރަށް ބޮޑަށް އަޑު ގަދަކުރައްވާފައެވެ.
އުޝާމް ވިދާޅުވީ މަޖިލީހުގައި ކޮންމެ މެމްބަރަކަށްވެސް މިނިވަންކަމާއިއެކު ވާހަކަ ދެއްކުމުގެ ފުރުސަތު ލިބެންޖެހޭކަމަށެވެ. ނަމަވެސް މިއަދު ފެނިގެންދިޔައީ މަޖިލީހުގެ އެމްޑީޕީ މެމްބަރަކު ވަރަށް ދަށު ދަރައިޖެ އަމަލެއް ހިންގައި އިދިކޮޅު މެމްބަރަށް ވާހަކަ ދެއްކުމަށްވެސް ޖާގަ ނުދެއްވިތަންކަމަށެވެ. އަދި މިކަން ހިނގައިގެންދިޔައިރު މަޖިލީހުގެ ރިޔާސަތުން މިއަަމަލު ހުއްޓުވާފައި ނުވާކަމީވެސް ކަންބޮޑުވާކަމެއްކަމަށް އުޝާމް ވިދާޅުވިއެވެ.
ވަރަށް ނާތަހްޒީބު ދަށު ދަރަޖައިގެ އަމަލެއް. މިވަރު ވެގެންދިޔައިރުވެސް މަޖިލީހުގެ ރިޔާސަތުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވޭ. މަޖިލީހުގައި އިދިކޮޅު ޕާޓީގެ މެންބަރުންނަށް ބިރެއްނެތި ބަސްބުނުމުގެ ފުރުސަތު ލިބެންޖެހޭ.
– އުޝާމް ވިދާޅުވިއެވެ.
ވަރަށް ނާތަހްޒީބު ދަށު ދަރަޖައިގެ އަމަލެއް. މިވަރު ވެގެންދިޔައިރުވެސް މަޖިލީހުގެ ރިޔާސަތުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވޭ. މަޖިލީހުގައި އިދިކޮޅު ޕާޓީގެ މެންބަރުންނަށް ބިރެއްނެތި ބަސްބުނުމުގެ ފުރުސަތު ލިބެންޖެހޭ. pic.twitter.com/rpzmJLcChy
— Ahmed Usham (@a_usham) April 7, 2021
މަޖިލީހުގައި އާނުމުކޮށް އިދިކޮޅު މެމްބަރުން ވާހަކަ ދައްވާއިރު، އިގުރައިދޫ ދާއިރާގެ މެމްބަރަކީ ނިޒާމީ ނުކުތާ ނަންގަވައި ވާހަކަ ދެއްކުމަށް ހުރަސް އަޅުއްވާ މެމްބަރެކެވެ. އަދި ތަކުރާރުކޮށް މަޖިލީހުގައި އިދިކޮޅު މެމްބަރުންނަށް ރައްދު ދެއްވުމާއި، ޒުވާބު ކުރުންފަދަ ކަންކަން ހަސަންގެ ފަރާތުން ފެނިގެން ގޮސްފައިވެއެވެ.
ކޮމެންޓު ފޮނުވާ