މިފްކޯގެ ކޮންސަލްޓަންޓަކަށް މެޑަމް ފަޒުނާގެ ކޮކޯފުޅު ނަޒީހާ

މިފްކޯގެ ކޮންސަލްޓަންޓަކަށް މެޑަމް ފަޒުނާގެ ކޮކޯފުޅު ނަޒީހާ

Author
މުޙައްމަދު ޝަޒައިމް
07 އޭޕްރިލް 2021 12:31
0

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މާކެޓިން ކޮންސަލްޓަންޓަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ކޮއްކޯފުޅު ނަޒީހާ އަހުމަދު ހަމަޖައްސައިފިއެވެ.

ނަޒީހާއަކީ މިހާރުގެ ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އަނބިކަބަލުންނެވެ. މާކެޓިން ކޮންސަލްޓަންޓެއްގެ ގޮތުގައި އެ ކުންފުނީގައި ނަޒީހާ މަސައްކަތް ކުރައްވަމުން ގެންދަވާ ކަން މިފްކޯއިންވެސް ވަނީ މީޑިޔާތަކަށް ކަށަވަރު ކޮށްދެއްވާފައެވެ.  ދިވެހި ސަރުކާރުގެ ގެޒެޓުގައި މިފްކޯ އިން މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ކޮށްފައިވާ އިއުލާނުތަކަށް ބަލާއިރު މާކެޓިން ކޮންސަލްޓަންޓެއް ހޯދުމަށް އިއުލާން ކޮށްފައެއް ނުވެ އެވެ. އެކަމަކު މާކެޓިން މެނޭޖަރެއް ހޯދުމަށް މިދިޔަ ޑިސެމްބަރު 28، ގައި އިއުލާނެއް ކޮށްފައިވެ އެވެ.

ނަޒީހާ އެ މަޤާމަށް ހަމަޖައްސާފައިވަނީ 1 އަހަރުގެ މުއްދަތަށް ބޮޑު މުސާރައެއްގައިކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އެނާގެ މުސާރައާއި ގުޅޭ އެއްވެސް މައުލޫމާތެއް މިފްކޯއިން ހާމަކޮށްފައިނުވެއެވެ.

ސަރުކާރުގެ އެކި މަޤާމުތަކާއި، ކުންފުނިތަކުގެ އެކި މަޤާމުތަކަށް އާއިލީ ބޭފުޅުންނާއި، ގާތްތިމާގެ ބޭފުޅުން ހަމަޖައްސަވަމުންދާތީ ގިނަ ބައެއްގެ ފާޑުކިޔުންވަނީ ސަރުކާރަށް އަމާޒުވެފައެވެ. މިސަރުކާރުން ވެރިކަމައަށް އައުމަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި ވަޒީފާތައް ހަމަހަމަ އުސޫލުން ރައްޔިތުން ލިބިގެންދާނެކަމަށް ވަނީ ވައުދު ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.