ތ.އަތޮޅު ކައުންސިލް ރައީސްކަމުގެ މަޤާމަށް ވާދަކުރައްވާ އަބްދުﷲ ޝަރީފް ވަރުގެ ޤާބިލް ހަރުދަނާ ބޭފުޅެއް އަތޮޅު ކައުންސިލެއް ހިންގަން ނުލިބޭނެ ކަމުގައި އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ލީޑަރޝިޕް މާލެ ބަންދުގައިތިބެ މިރޭ ތ.އަތޮޅުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އަބްދުﷲ ޝަރީފަކީ އަތޮޅު ކައުންސިލް ރައީސްގެ މަޤާމަށް މުޅި ރާއްޖެއިން ކުރިމަތިލާފައިވާ ކެނޑިޑޭޓުންނާއި އަޅާބަލާއިރުވެސް އެންމެ ޤާބިލް އެންމެ ހަރުދަނާ ކެނޑިޑޭތު ކަމަށެވެ. އަބްދުﷲ ޝަރީފަކީ ހިންގުންތެރި މީހުންނާއި ގުޅޭ ހުލްގު ހެޔޮ ބޭފުޅެއްކަމަށާއި، އަދި ނުހަނު ތަރައްޤީއަށް ލޯބިކުރާ ތަރައްޤީގެ ފިކުރާއި ނުހަނު ގުޅޭ ހިންގުންތެރި ބޭފުޅެއްކަމަށެވެ.
އަބްދުއްރަހީމް ވަނީ ތ.އަތޮޅުގެ ހުރިހާ ރައްޔިތުންވެސް އަބްދުﷲ ޝަރީފަށް ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ތ.އަތޮޅުުގެ އެކި ރަށްތަކުގެ ކައުންސިލްތަކަށް ކުރިމަތިލާފައިވާ ޕީޕީއެމް ޕީއެންސީގެ ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އޭނާ ވަނީ ގޮވާލާފައެވެ.
މިބައްދަލުވުމުގައި ޤައުމުގެ މިހާރުގެހާލަތަށް އަލި އަޅުވާލައި އަބްދުއްރަހީމް ވިދާޅުވީ މިއީ ދިވެހިންނަށް ޤާއުމު އޮތް ނުބައި ފައްތަރުން ހެޔޮ ފައްތަރަށް އަބުރާލަން ލިބޭ އެންމެ ފަހު ފުރުސަތު ކަމަށެވެ. މިފުރުސަތު ބޭނުން ދިވެހި ރައްޔިތުން ނުހަނު ވިސްނުންތެރި ކަމާއިއެކު ނުކޮށްފިނަމަ ނަތީޖާ ވަރަށް ގޯސްވެދާނެކަމަށެވެ. މިއަދުވެސް މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލާއި ހުޅުންހުރި އެތައްކަމެއްގައި ރައްޔިތުންގެ ހިތްތަކުގައި ގިނަ ސުވާލުތަކެއް އުފެދިފައިވާއިރު، މިހާލަތު ބަދަލު ކުރެވި ރައްޔިތުންގެ ބާރުވެރި ކަމެއް ލިބިގެންދާނީ މި އިންތިޚާބު ބޮޑުތަނުން ޕީޕީއެމްއަށް ކާމިޔާބު ކުރެވިގެންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއިންތިޚާބުގައި އިދިކޮޅު ކޯލިޝަނަށް ދެވޭ ކޮންމެ ވޯޓަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ނެގެހެއްޓުމަށް ދެވޭ ވޯޓެއްކަމަށެވެ. އެވޯޓު ވެގެންދާނީ ރާއްޖެ އަޅުވެތިކަމުން ނަގައި ހަމަހަމަ އަޅުވާލަންދެވޭ ވޯޓަކަށް ކަމުގައެވެ.
ކޮމެންޓު ފޮނުވާ