ބޮޑު ވަރިހަމަވެގެން ތިބެވޭކަތްނެތް، މިއީ ހާލަތު ބަދަލުކުރަންވީ ވަގުތު: ޣައްސާން

ބޮޑު ވަރިހަމަވެގެން ތިބެވޭކަތްނެތް، މިއީ ހާލަތު ބަދަލުކުރަންވީ ވަގުތު: ޣައްސާން

Author
މުޙައްމަދު ޝަޒައިމް
06 އޭޕްރިލް 2021 10:56
0

ރާއްޖޭގެ ހާލަތު މިއަދު އޮތް ހިސާބުން ބޮޑު ވަރިހަމަ ވެގެން ތިބެވޭކަތް ނެތްކަމަށާއި، ޤައުމުގެ މިނިވަންކަމާއި، ސިޔާދަތާއި ދީނަށްޓަކައި ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގައި ސަރުކާރަށް ބޮޑުތަނުން ދިވެހި ރައްޔިތުން ނޫނެކޭ ބުނަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރަށު ބަންދުގައި އިދިކޮޅު ލީޑަރޝިޕް ތިބެ، ކޮޅުމަޑުލުގައި މިރޭ ބޭއްވި ބޮޑުު ޖަލްސާގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ގެއްލި ޤައުމު އަޅުވެތި ވުމާއި ދިމާލަކަށް ދިއުމަކީ ދިވެހި އެއްވެސް ރައްޔިތަކު ބޭނުންވާނެ ކަމެއްނޫންކަމަށެވެ. ރާއްޖޭގެ ތާރީހުގައި މިނިވަންކަމަށްޓަކައި ދިވެހިން ވެފައިވާ ޤުރުބާނީ އަކީ ފެންނަންހުރި ޤުރުބާނީތަކެއްކަމަށް ޣައްސާން ވިދާޅުވިއެވެ.

ރާއްޖޭގައި މިއަދު އޮތް ހާލަކީ 3 ނޮވެމްބަރާއި، އެނޫންވެސް ޤައުމަށް ކުރިމަތިވި ހާލަތާއި ދާދި އެއްހާލަތެއްގައިކަމަށެވެ. މިނިވަންކަމަށް ބުރޫއަރާފަދަ އަޑި ނޭގޭ އެތައް އެއްބަސްވުންތަކެއް ހަދައި، ޤައުމުގެ އަމަން އަމާންކަން ގެއްލޭ ހިސާބަށް މިއަދު ގޮސްފައިވާކަމީ އެއްވެސް ރައްޔިތަކަށް އޮޅޭނެ ކަންތައްތަކެއް ނޫންކަމަށެވެ. ޣައްސާން ވިދާޅުވީ މިކަންކަން ބަދަލުކޮށް، ރައްޔިތުންގެ ބާރު ގަދަކުރެވެން އޮތީ ސަރުކާރުން ބޭނުންވާހާ ގޮތަކަށް ކަންކަން ކުރަން ޖާގަ ނުދިނުންކަމަށެވެ.

އެކަން ކުރެވެން އޮތީ ކައުންސިލް އިންތިޚާބު ބޮޑުތަނުން ޕީޕީއެމް ކޯލިޝަނަށް ކާމިޔާބު ކުރެވިގެންކަމަށް ޤާއްސާން ވިދާޅުވިއެވެ. މިއަދު ޤައުމު އޮތް ހާލަތުން ބަދަލު ކުރުމުގެ ޒިންމާ ދިވެހި ރައްޔިތުންގެ ކޮޑުގައި އެޅިފައިވާއިރު، އެމަސްއޫލިއްޔަތު ޤައުމަށްޓަކައި ވަރަަށް ތެދުވެރިކަމާއި އިހުލާސްތެރިކަމާާއިއެކު އަދާކުރަންޖެހޭކަމަށް ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވަނީ މިއިންތިޚާބުގައި ދިވެހި ހުރިހާ ރައްޔިތުންވެސް ޤައުމު މިނިވަން ކުރުމަށް ސަރުކާރަށް ނޫނެކޭ ބުނުކަށް ގޮވާލާފައެވެ. އަދި ޕީޕީއެމް ކޯލިޝަންގެ ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ޣައްސާން ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

P Pink Parm Tree
So true .