އާދިލް ސަލީމް، އެމްޑީޕީއަށް: ސަރުކާރާއި، މަޖިލިސް ދެވިއްޖެ، ކައުންސިލް ދިނީމަ ކޮން ކަމެކޭތޯ؟

އާދިލް ސަލީމް، އެމްޑީޕީއަށް: ސަރުކާރާއި، މަޖިލިސް ދެވިއްޖެ، ކައުންސިލް ދިނީމަ ކޮން ކަމެކޭތޯ؟

Author
މުޙައްމަދު ޝަޒައިމް
06 އޭޕްރިލް 2021 10:43
0

އެމްޑީޕީއަށް ދިވެހި ރައްޔިތުންގެ ބޮޑު އައުލަބިއްޔަތާއިއެކު ވެރިކަމާއި، މަޖިލިސްވެސް ދީފައިވާކަމަށާއި، ނަމަވެސް ރައްޔިތުން އުންމީދުކުރި ވަރާއި ގާތަށްވެސް ކަންކަންނުވެ، އިތުރު އިންތިޚާބަކާއި ކުރިމަތިވުމުން ދައްކަވާ ވާހަތަކުން ހާސިލްވަނީ ކޮން ކަމެއްކަމާއިމެދު އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެރިވެފައިވާ ކުރީގެ ވަޒީރު އާދިލް ސަލީމް ވިދާޅުވެއްޖެއެވެ.

އާދިލް ސަލީމް މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ހޮނިހިރު ދުވަހު ބާއްވާ ކައުންސިލް އިންތިޚާބާއި ކުރިމަތިލާއިރު، ސަރުކާރު ހޯދުމަށް ވެފައިވާ ވައުދުތަކާއި، މަޖިލިސް އިންތިޚާބާއި ދިމާކޮށް ވެފައިވާ ވައުދުތައް ނުފުއްދިދާތީ އެކަމު ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އާދިލް ސަލީމް ވިދާޅުވީ މަޖިލިސް ހޯދުމަށް ވިއްކި އެންމެ ބޮޑު އެއްޗަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތް ހޯދުންކަމަށެވެ. ނަމަވެސް އެކަމުގައި ބޮޑު ލިސްޓެއް އޮތްއިރު، އެވެސް ހާމަކުރަން ނުކެރި ރައީސް ޔާމީން ޖަލަށް ލުމަށްފަހު ދެ ރައީސުން ޖެހި ގަނެގެން ކުރާ މަސައްކަތުން ވާނެ ކާމިޔާބެއް ނުފެންނަކަމަށެވެ.

ފުރަތަމަ ދިނީ ވެރިކަން. ލަހެއްނުވެ ސަރުކާރުއެކީ ކޯލިޝަނަށް ބަހާލައިފި. މަޖިލިސް ސުޕަ މެޖޯރިޓީދިނީ އެމްއެމްޕީއާރުސީ އިން ވަގަށްނެގި ފައިސާ ހޯދަން. ޔާމީން ޖަލަށް ލާފައި 2 ރައީސުން ޖެހުނީ. ލިސްޓު އަދިވެސް ސިއްރު. ދެން ގެއްލުނީ ވެންޓިލޭޓަރު 32 މިލިޔަން. ކައުންސިލް ދިނީމަ ކޮން ކަމެކޭތޯ؟

– އާދިލް ސަލީމް ވިދާޅުވިއެވެ.

އާދިލް ސަލީމް ވިދާޅުވީ ސަރުުން އަބަދުވެސް ޝަރީއަތް ހިންގަމުން ދަނީ ބޭރުފުށުންކަމަށެވެ. ކައުންސިލް އިންތިޚާބާއި ދިމާވިއިރު މުޅި ޕާޓީތެރެ ބައިބައިވެ އެއްބަޔަކު އަނެއްބަޔަކަށް ޖެއްސުންކޮށްގެން ވާނެ ފައިދާއެއް ނެތްކަމަށް ސަލީމް ވިދާޅުވިއެވެ. އަދި މިއިންތިޚާބު މިހާރު ދާގޮތުން ނިމޭއިރު މިކަން އޮންނާނެ ގޮތެއް ނުވެސް ވިސްނޭކަމަށް ސަލީމް ވިދާޅުވިއެވެ.

ޝަރީއަތް ކުރަނީ އަބަދުވެސް ބޭރު ފުށަށް. ކައުންސިލް އިންތިޚާބު ކެމްޕެއިން ބައިބައި ވެގެން އެއް ޕާޓީ ތެރޭ މިވާދަ ކޮށް ޖެއްސުންކޮށް ނަގަނީ ކާކަށް މޮޅު ވާނެތީ؟ ނިމޭއިރު ވާނެ ގޮތެއްވެސް ނުވިސްނޭ.

– އާދިލް ސަލީމް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައިވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެނގޭގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުއައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ މައްސަލާގައި މިހާތަނަށް ޝަރީއަތް ހިންގައި ހުކުމްކުރެވިފައިވަނީ ކުރީގެ ރައީސް ޔާމީނާއި ކުރީގެ ނައިބްރައީސް އަހުމަދު އަދީބުގެ މައްޗަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

K Kaani newsimaa..
Beynuvaa goyy nu v ma amayey bafaeyves govaane kloa ah dhuniye maabodah fenigen theyoarain thiulhenee edhumaagen thee vaa boduvaru..dhn dhey ehen fil eh kulhefa release kuran
ދ ދޮނާ
ތިޔައާދަމް ސަލީމްތިޔަވާހަކަދައްކަން މާކަތާހިރެއްނޫން ތިމާއަށް މުލި ހދ އަތޮލުހަވާލުކުރުމުން ވީކަމެއްނެއް
ތިޔައާދަމް ސަލީމްތިޔަވާހަކަދައްކަން މާކަތާހިރެއްނޫން ތިމާއަށް މުލި ހދ އަތޮލުހަވާލުކުރުމުން ވީކަމެއްނެއް
A Adindaa19
Gondithah folhaa saafukuran ves neygey bayakah gondi hoonu kuran ves neygeyne. Lolah mirus elhifa thibey bayakah fennaane miverinah kurevunu kameh. Thi tharaadhu thee ehkolhah baruboduvefa in ehceh .foogossa oi ehcceh zamaanah nufethey ehceh. Hovunas vaane kameh haraan.thi Fathis handuvareh balaabalaa foohivehjje .
k kkkkk
oriyaan film kulheynee. kaleah onnaane rangalhu role eh. ok ennu.