އިންޑިޔާގެ އެހީގައި މަރަދޫގައި ޤާއިމުކުރާ ގޭދޮށު މަސްޕްލާންޓްގެ ޢަމަލީ މަސައްކަ ފަށައިފި

އިންޑިޔާގެ އެހީގައި މަރަދޫގައި ޤާއިމުކުރާ ގޭދޮށު މަސްޕްލާންޓްގެ ޢަމަލީ މަސައްކަ ފަށައިފި

Author
މުޙައްމަދު ޝަޒައިމް
06 އޭޕްރިލް 2021 07:59
0

އައްޑޫ ސިޓީ މަރަދޫގައި ޤާއިމުކުރާ ގޭދޮށު މަސްޕްލާންޓްގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖްކްސް ހިންގުމަށް ދެވޭ އެހީގެ ދަށުން އައްޑޫ ސިޓީ މަރަދޫގައި ޤާއިމުކުރާ ގޭދޮށު މަސްޕްލާންޓްގެ ޢަމަލީ މަސައްކަތް މިއަދު ފަށާފައިވަނީ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތަކާއި އެކުގައެވެ.

މިއަދު ހަވީރު މަރަދޫ ބަނދަރު ސަރަޙައްދުގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި މަސައްކަތް ފައްޓަވައި ދެއްވީ އައްޑޫ ސިޓީގެ މޭޔަރާއި، އިންޑިއަން ހައި ކޮމިޝަންގެ ރިޕްރެޒެންޓޭޓިވް، މިސް ޕޫޖާ ޓިއްލޫ އަދި މަރަދޫ ދާއިރާގެ ކައުންސިލަރ، ފައިސަލް އިބްރާހިމް އެވެ. މިރަސްމިއްތުގައި އިންޑިޔާގެ ހައިކޮމިޝަންގެ ފަރާތުންނާއި، އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރުވެސް ވާހަކަ ދައްކަވާފައިވެއެވެ.

ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަށް 6،000،000ރ. ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުންނެވެ. އަދި ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑުން 22،100،000ރ. އިންވެސްޓްކުރުމަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.