ގއ.ނިލަންދޫ އަދި ދެއްވަދޫ، ސްކޫލުގައި ކްލާސްރޫމްތަކެއް އެޅުމަށް ހަވާލުކޮށްފި

ގއ.ނިލަންދޫ އަދި ދެއްވަދޫ، ސްކޫލުގައި ކްލާސްރޫމްތަކެއް އެޅުމަށް ހަވާލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
06 އޭޕްރިލް 2021 05:59
0

ގއ.ނިލަންދޫ އަދި ދެއްވަދޫ، ސްކޫލުގައި ކްލާސްރޫމްތަކެއް އެޅުމަށް ހަވާލުކޮށްފި އެވެ.

މިގޮތުން ނިލަންދޫ ސްކޫލުގެ 04 ކްލާސްރޫމް އިމާރާތުގެ މަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމަންޖެއެވެ. 3,246,108.14 (ތިންމިލިއަން ދެލައްކަ ސާޅީސްހަހާސް އެއްސަތޭކަ އަށް ރުފިޔާ ސާދަލާރި) އަށް މިމަސައްކަތް ކުރުމަށް ހަވާލު ކޮށްފައިވަނީ ވެލްމަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއެވެ.

ގއ.ދެއްވަދޫ ސުލްޠާން މުހައްމަދު ސްކޫލުގެ 02 ކްލާސްރޫމް، ހެލްތް ރޫމް އަދި ލައިބްރަރީ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓުގެ ދަށުން  މިމަސައްކަތް ހަވާލުކޮށްފައިވާ ވެލްމަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން120 ދުވަސް ތެރޭގައި ނިންމަން ޖެހެއެވެ.

މިމަސައްކަތަކީ 3,687,804.94 (ތިންމިލިއަން ހަލައްކަ އަށްޑިހަ ހަތްހާސް އަށްސަތޭކަ ހަތަރު ރުފިޔާ ނުވަދިހަ ހަތަރު ލާރި)އަށް ހަވާލު ކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.