ހުޅުމާލެ ރީތި ސާފުތަނެއްގެ ގޮތުގައި ބޭއްވުމަށް މަަސައްކަތްކުރާ ދައްތަމެންގެ އުޖޫރަ އިތުރުކޮށްދޭނަން: ޝުޖާ

ހުޅުމާލެ ރީތި ސާފުތަނެއްގެ ގޮތުގައި ބޭއްވުމަށް މަަސައްކަތްކުރާ ދައްތަމެންގެ އުޖޫރަ އިތުރުކޮށްދޭނަން: ޝުޖާ

Author
މުޙައްމަދު ޝަޒައިމް
06 އޭޕްރިލް 2021 03:26
0

ހުޅުމާލެ ރީތި، ކަމާއި ސާފު ތަނަކަށް ހެދުމަށް މަސައްކަތްކުރާ ދައްތަމެންގެ އުޖޫރަ އިތުރުކޮށްދޭނެ ކަމުގައި އެދާއިރާއަށް ވާދާކުރައްވާ އިދިކޮޅު ކެނޑިޑޭޓް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބުގައި ހުޅުމާލޭގައި ހުރި ބޮޑެތި މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ޝުޖާ ދެއްވަމުންދާއިރު، އޭނާ ދަނީ ހުޅުމާލޭގެ މައްސަލަތައް އޮޅުން ފިލުމަށް އެދާއިރާގެ ރައްޔިތުންގެ ކައިރިއަށް ގޮސް ކަންކަން އޮޅުން ފިލުވަމުންނެވެ. އަދި ޝުޖާގެ އަމާޒުތައް ބިނާވެފައިވަނީ ރައްޔިތުން އޭނާގެކައިރީގައި ދައްކާ ވާހަތަކާއި ހުރި ކަންބޮޑުވުމުގެ މައްޗަށެވެ.

ޝުޖާވަނީ ހުޅުމާލޭގައި އެންމެ ބުރަ މަސައްކަތް ކުރަމުންދާ ހުޅުމާޅެ ސާފު ރީތި ތަނެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތް ކުރައްވާ ކަނބަލުންނާއި ބައްދަލުކޮށްފައެވެ. އެދައްތަމެންގެ އެންމެބޮޑު ކަންބޮޑުވުމަކީ ދުވާލުގެ ހޫނު އަވީގައާއި، ވެހޭހާ ވާރޭގައި ސާފު ރީތި ތަނަކަށް ހުޅުމާލެ ހެދުމަށް ކުރާ މަަސއްކަތުގައި އެއްވެސް ފަރާތެއްގެ ރީތި ނަމެއް އަދި ކުރަމުންދާ މަސައްކަތަށް ހަމަ އަގު ނުލިބުމުގެ ޝަކުވާއެވެ. ކުރާ މަސައްކަތާއި ބަލާފަ އެކަށީގެންވާ މުސާރަ ނުލިބޭކަމުގެ ޝަކުވާ އެ ދައްތަމެންވަނީ ކޮށްފައެވެ.

ޝުޖާވަނީ މިކަމަށް ހައްލެއް ހޯދައި ދެއްވާނެކަމަށް ވައުދު ވެފައެވެ. ހުޅުމާލޭގެ ސާފުތާހިރުކަމަށް އެންމެ ބުރަ މަސައްކަތްކުރާ ދައްތަ މެންގެ މަސައްކަތުގެ އަގުވަޒަން ނުކޮށް، އެމީހުންގެ މަސައްކަތް ބަލައި ނުގަތުމަކީ ވަރަށް ދެރަކަމެއްކަމަށް ޝުޖާ ވިދާޅުވިއެވެ. އަދި އޭނާ އިންތިޚާބު ކޮށްފިނަމަ މިކަމަށްވެސް ހައްލު ގެނެސް، ހަމަ އަގު ހޯދައި ހައްގު މިންވަރު ދޭނެކަމުގެ ޔަގީންކަން ޝުޖާ ވަނީ ދެއްވާފައެވެ.

ކައިރިން އަޑު އަހައިފިން. ހާލަތު ކައިރިން ބަލާފިން. ދައްތަމެންނަށް މިހާރު ތިޔަ ލިބިވަޑައިގަންނަވަނީ ހައްޤުވާ މިންވަރެއް ނޫން. ހުޅުމާލެ މަގުތަކާއި، އަތިރިމަތި ކުނިކަހާ ދައްތަމެންގެ އުޖޫރަ މިއީ މަގޭ ރާއްޖެ ކައުންސިލުން އިތުރު ކޮށްދޭނަން. ރަތްދަކަ އަވީގައި ތިކުރައްވާ މަސަކަތުގެ އަގު ވަޒަން ކުރާނެ މީހަކަށް ހަމަ ޔަޤީނުންވެސް އަޅުގަނޑު ވާނަން. ހިތްވަރު ކުރައްވާ! ރުކަށް ވޯޓު ދެއްވާ!

– ޝުޖާ ވިދާޅުވިއެވެ.

ޝުޖާ ގެންދަވަނީ ހުޅުމާލޭގެ އެކި މަސައްކަތް ތެރިންނާއި، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް ހުރި މައްސަލަތައް ދެނެގަންނަމުންނެވެ. އަދި އޭނާގެ އެންމެ ބޮޑު އަމާޒަކީ ހުޅުމާލޭގެ ރައްޔިތުން ބޭނުންވާކަންކަން ހައްލުކޮށް، ހުޅުމާލެއަށް މިހާރަށްވުރެ ފަހި ގޮތްތަކެއް ތަނަވަސް ކޮށްދެއްވުމެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

K Kiyaa kujaa
Hama ekani hulhumale adhi vilimale meehungetha ujoora bodukuran jehenee raajetherey thahthain ekuraa masahkathuge aguvazan kuraane bayakunehdhoa malega hurihaa hisaabehves hunnanee gaa athuraafa aharumen nulaahiku undhagulun mikan kuran jehenee mihaaruves malega kunikahaa meehakah libeyvaru raaje thereyge rashak libenee. emmenah enhamain kanthah kuran feney