މިނިކަށި ތަކެއް ފެނުނަސް، ތަންސާފުކޮށް މިސްކިތްއެޅުމުގެ މަސައްކަތް މިދަނީ ކުރަމުން: މިނިސްޓްރީ

މިނިކަށި ތަކެއް ފެނުނަސް، ތަންސާފުކޮށް މިސްކިތްއެޅުމުގެ މަސައްކަތް މިދަނީ ކުރަމުން: މިނިސްޓްރީ

Author
މުޙައްމަދު ޝަޒައިމް
06 އޭޕްރިލް 2021 03:03
0

ޒިކުރާ މިސްކިތް ތަޅާލާ އެ ބިން ސާފުކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް މިނިކަށި ތަކެއް މިސްކިތްހުރި ބިމުން ފެނިއްޖެއެވެ.

މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން މިކަމުގެ ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި ވަޤުތީ މިސްކިތެއް ޢިމާރާތްކުރުމަށް ބިން ކޮނުމުގެ މަސައްކަތް ކުރިއަށްދަނިކޮށް، އެބިމުން މިނިކަށިތަކެއްވަނީ ފެނިފައިވާކަމަށެވެ. އެހެންކަމުން ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް އެތަން ސާފުކޮށް މިސްކިތް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމުގައި މިނިސްޓްރީން ވަނީ ބުނެފައެވެ.

ކުރިން ހުރި ޒިކުރާ މިސްކިތް އެތަނުން ނަގަން ކުރީގެ ސަރުކާރުން ނިންމާފައިވަނީ އެތަނުގައި ނަމާދުކުރެވޭނެ އިންތިޒާމްތަކާއެކު 10 ފަންގިފިލާގެ އިމާރާތެއް އެޅުމަށްކަމަށް ބުނެއެވެ. މިސްކިތް އެޅުމަށްކަމަށް ބުނެ 2018 ވަނަ އަހަރު ވަނީ ކޮންޓްރެކްޓެއްވެސް ހަދާފައެވެ. ނަމަވެސް މިކަމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ފާހަގަވެފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލާގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދާއި އިސްލާމިކް މިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަންގެ ވެރިއަކަށް އޭރު ހުންނެވި އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވަނީ ދައުވާ ވެސް އުފުލާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.