ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހުދް ކަޕޫރާއި މިރާ އަކީ ވަރަށް ލޯބި ދެމަފިރިންނެވެ. މިދެމަފިރިންގެ ލޯބީގެ ގުޅުމުން މިސާލު ނަގާ ބަޔަކުވެސް އުޅެއެވެ. ކައިވެނީގެ ގުޅުމުގައި މިހާރު ފަސް އަހަރު ހޭދަކޮށްފައިވާއިރު، މި ދެމަފިރިންނަކީ އެކުގައި ފަނަރަ މިނިޓުވެސް ހޭދަވެދާނެ ކަމަށް އުއްމީދު ކޮށްގެން ތިބި ބައެއް ނޫނެވެ.
ލައިފް ސްޓައިލް މެގަޒިންއަކަށް ދިން އިންޓިވިއުއެއްގައި ޝާހިދު މި ވަނީ ދެ މީހުން ފުރަތަމަ ބައްދަލުވި ގޮތް ކިޔާދީފައެވެ. އެއީ ބޮޑު ސޯފާއެއްގައި އެއްވެސް މީހަކު ނެތި ދެ މީހުން އެކުގައި ބައްދަލުވި ފަހަރެއް ކަމަށް އޭނާ ބުންޏެވެ.
އަހަރުމެން ދެ މީހުންގެ ގުޅުން އަނެއްކާ 15 މިނިޓަށްވެސް ކުރިއަށް ގެންދެވޭނެތަ؟ މިއީ އެ ބައްދަލުވުމުގައި ޝާހިދު ބުނި ވާހަކައެވެ.
މި ދެމަފިރިން ކައިވެނި ކުރެވިގެން ދިޔައިރު، ގުޅުން ވަރަށް ފުރިހަމައެވެ. ޝާހިދު މީރާއާ ކައިވެނި ކުރިއިރު މީރާގެ އުމުރަކީ 21 އަހަރެވެ. އަދި އެއިރު މީރާއަކީ އެއްވެސް ވަރަކަށް ބޮލީވުޑް ދަންނަ މީހެއް ނޫނެވެ. އަދި އޭނާ ވަނީ އެއްވެސް ފިލްމަކުން އެއިރު އޭނާ ނުފެނުނީތީ އުފާ ކުރާ ކަމަށްވެސް ބުނެފައެވެ.
ޝާހިދް އާއި މީރާ ކައިވެނިކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. މި ދެމަފިރިންގެ މިހާރު ދެ ކުދިންވެސް ތިބެއެވެ. އެއީ އަންހެން ދަރިފުޅު މީޝާ އާއި ފިރިހެން ދަރިފުޅު ޒޭން އެވެ.
ކޮމެންޓު ފޮނުވާ