ގަދަ ހަތަރަކަށް އަރަން ލިބުނު ފުރުސަތު ޓޮޓެންހަމުން ނަގާލައިފި

ގަދަ ހަތަރަކަށް އަރަން ލިބުނު ފުރުސަތު ޓޮޓެންހަމުން ނަގާލައިފި

Author
މުޙައްމަދު ޝަޒައިމް
05 އޭޕްރިލް 2021 02:18
0

އިގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލްއާއި ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ، ގަދަ ހަތަރަކަށް އަރަން ލިބުނު ފުރުޞަތު ޓޮޓެންހަމުން ވަނީ ނަގާލާފައެވެ.

ނިއުކާސަލުގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީވެސް އެ ޓީމުންނެވެ. އެގޮތުން މެޗުގެ 28 ވަނަ މިނެޓުގައި ނިއުކާސަލަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ޖޮއެލިންޓަނެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަތަރު މިނިޓް ތެރޭ ދެ ލަނޑު ޖަހައި، ހެރީ ކޭން ވަނީ ޓޮޓެންހަމް ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެކަމަކު މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ޖޯ ވިލޮކް ވަނީ ލަނޑެއް ޖަހައި، ނިއުކާސަލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި ނަތީޖާއާއެކު ނިއުކާސަލް އޮތީ ތާވަލުގެ ފަސްވަނައިގައި ކުޅުނު 30 މެޗުން 49 ޕޮއިންޓާއެކުއެވެ. ހަވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލަށްވެސް 30 މެޗުން 49 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ޗެލްސީއަށް 30 މެޗުން ވަނީ 51 ޕޮއިންޓް ލިބިފައެވެ.

އަދި ޓޮޓެންހަމާ އެއްވަރުކުރި ނިއުކާސަލް އޮތީ ތާވަލުގެ 17 ވަނައިގައި 30 މެޗުން 29 ޕޮއިންޓާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.