ކޯވިޑް ވެކްސިން: މިއަދު ފުރަތަމަ ޑޯޒް 3،147 މީހަކަށް، ދެވަނަ ޑޯޒް 2،016 މީހަކަށް

ކޯވިޑް ވެކްސިން: މިއަދު ފުރަތަމަ ޑޯޒް 3،147 މީހަކަށް، ދެވަނަ ޑޯޒް 2،016 މީހަކަށް

Author
ޢަލީ އާދަމް
04 އޭޕްރިލް 2021 10:44
0

ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް 3،147 މީހަކަށް އަދި ދެވަނަ ޑޯޒް 2،016 މީހަކަށް މިއަދު ޖަހައިފި އެވެ.

ވެކްސިންގެ ދެވަނަ ޑޯޒް އިއްޔެ ދޭންފަށާފައިވަނީ ފެބްރުއަރީ 1 އިން 4 އާއި ދެމެދު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށެވެ.

މިއަދު ދެވަނަ ޑޯޒް ޖަހާފައިވަނީ މާލެ ސަރަހައްދުގައި 1،969 މީހުނަށް އަދި އަތޮޅުތެރެއިން 47 މީހުނަށެވެ. މިއާއިއެކު ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 3،737 އަށް އަރާފައެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް މިއަދު ޖެހި މީހުންގެ ތެރެއިން މާލެ ސަރަހައްދުން ވެކްސިން ޖަހާފައިވަނީ 390 މީހުންނެވެ. އަތޮޅު ތަކުން މިއަދު ވަނީ 2،757 މީހުން ފުރަތަމަ ޑޯޒް ޖަހާފައެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ރާއްޖޭން ޖެހިމީހުންގެ ޖުމްލަ އަދަދު ވަނީ 246،896 އަށް އަރާފައެވެ.

ރާއްޖޭގައި ކޯވިޑް- 19އިގެ ދިފާޢު ވެކްސިން ދޭން ފަށާފައިވަނީ ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުއެވެ. ރާއްޖޭގައި ފުރަތަމަ ދޭން ފެށީ އިންޑިއާއިން ހަދިޔާކުރި، އޮކްސްފޯޑާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށަނީ، ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާއާއި 12 ހަފްތާއާ ދެމެދުގެ މުއްދަތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.