އިއްޔެގެ މުޒާހަރާއިން ހައްޔަރުކުރި 16 މީހުން ޖޫރިމަނާކުރުމަށްފަހު ދޫކޮށްލައިފި

އިއްޔެގެ މުޒާހަރާއިން ހައްޔަރުކުރި 16 މީހުން ޖޫރިމަނާކުރުމަށްފަހު ދޫކޮށްލައިފި

Author
މުޙައްމަދު ޖިމީ
03 އޭޕްރިލް 2021 01:37
0

އިދިކޮޅު ޕްރޮގްރޮސިވް ކޯލިޝަނުން އިއްޔެ މާލޭގައި ކުރި މުޒާހަރާހެ ތެރެއިން ހައްޔަރުކުރި އެންމެން ޖޫރިމަނާކުރުމަށްފަހު ދޫކޮށްލައިފިއެވެ.

އިއްޔެގެ މުޒާހަރާއިން 16 މީހަކު ފުލުހުން ހައްޔަރުުކުރިއެވެ. އެ ހުރިހާ އެންމެންވެސް ދޫކޮށްލީ އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފްވުމުންކުރާ ޖޫރިމަނާ ކުރުމަށްފަހުއެެވެ. އިދިކޮޅުން އިއްޔެގެ މުޒާހަރާ މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންގޮސްފައި ވަނީ ރޭޕްކުރުމާ ދެކޮޅަށް އަޑުއުފުލުމަށެވެ. އިއްޔެ މުޒާހަރާ ފަށާފައި ވަނީ ސޯސަންމަގާއި މަޖީދީމަގު ގުޅުނު ސަރަހައްދުންނެވެ.

އެހެންނަމަވެސް އެސަރަހައްދުން މުޒާހަރާގެ ބައިވެރިން ފޮނުވާލުމަށް ގިނައަދަދެއްގެ ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ. އަދި މުޒާހަރާގެ ބައެއް ބައިވެރިން އެސަރަހައްދުން ހައްޔަރުކޮށްފައިވެއެވެ. އެހެންކަމުން މުޒާހަރާގެ ބައިވެރިން މަޖީދީމަގުގެ އެހެން ސަރަހައްދުތަކާއި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދައްވެސް އެއްވުމަށް ވަނީ މަސައްކަތްކޮށްފަ އެވެ. ނަމަވެސް ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ހުރަސްއަޅާ އެއްވުން ރުޅާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.