ކުޅިވަރުގެ ޝަހުސިއްޔަތުންނަށްވެސް މިނިވަންކަން އޮންނަންވާނެކަމަށާއި، އެމީހަކު ތާޢީދުކުރާ މީހަކު ހާމަކުރުމުން ފާޑުކިއުމަކީ ތަހުޒީބް ކަމެއް ނޫންކަމަށް ވިދާޅުވެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަލީ ޒައިދު އިކްރާމަށް ރައްދު ދެއްވައިފިއެވެ.
ކުރިއަށް އޮތް ކައުންސިލް އޮންތިޚާބުގައި، ދިވެހި ޤައުމު އެމީހަކަށްޓަކައި އަބަދުވެސް ފަހުރުވެރިވާ ޤައުމީ ފުޓުބޯޅަ ޓިމުގެ ކެޕްޓަން އަލީ އަޝްފާޤު ޑރ.މުޢިއްޒުއަށް ތަޢީދުކުރައްވާކަން ހާމަކުރެއްވުމާއި ގުޅިގެން، އެމްޑީޕީގެ ބައެއް މެންބަރުން ގެންދަަވަނީ ޢަލީ އަޝްފާޤަށް ފަޑުވިދާޅުވަމުންނެވެ. އެގޮތުން ދިއްގަރު ދާއިރާގެ މެންބަރު އިކްްރާމް ޙަސަން ވަނީ އެއީ މުއިއްޒު ކޮށްފައިވާ ވަރަށް ދެރަވަރު ކަމެއްކަމަށާއި، އެކަމުން ދޭހަވަނީ ރާއްޖޭގެ ބަތަކުން ސިޔާސީ ކުރުމަށް ކުރާ މަސައްކަތް ކަމުގައި ވިދާޅުވެފައެވެ.
އިކްރާާމް އެހެން ވިދާޅުވެފައިވަނިކޮށް، މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ވިދާލޫވީ ކުޅިވަރު ޝަހުދިއްޔަތުންނަށްވެސް މިނިވަންކަން އޮންނަންވާނެކަަމަށާއި، އިންތިޚާބެއް އޮންނައިރު އެމީހަކު ތަޢީދުކުރާނެ މީހަކު ހާމަކުރުަކީ މައްސަލައެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި ތާޢީދުކުޜާ މީހަކު ހާމަކުރުމުން އެކަމަށް ފަޑުކިޔުމަކީ ތަހުޒީބުކަމެއް ނޫންކަމަށްވެސް ޢަލީ ޒައިދު ވިދާޅުވިއެވެ.
ކުޅިވަރު ޝަހުސިއްޔަތުތަކަށްވެސް މިނިވަންކަން އޮންނަންވާނެ! އިންތިޚާބެއް އޮންނައިރު އޭގައި އެމީހަކު ތާޢީދުކުރާނެ މީހަކު ހާމަކުރުމަކީ އެއްވެސް މައްސަލައެއް ނޫން! އެ މިނިވަންކަން އޮންނަންޖެހޭނެ! ތަހުޒީބީ ކަމެއް ނޫން އެ މިނިވަންކަމަށް އަރައިގަނެ ފާޑުކިޔުމަކީ!
– ޢަލީ ޒައިދު
Kulhi varu shakhsiyyathu thakah ves minivan kan onnaane! Inthikhaabeh onnairu eygai emeehaku thaaeed kuraane meehaku haama kurumakee ehves massalaeh noon! E minivankan onnan jeheyne! Thahuzeebee kameh noon, e minivan kamah araigane faadu kiyumakee!
— Ali Zaid (@alizaid1000) April 3, 2021
އަޝްފާޤު ޑރ،ުއިއްޒުއަށް ތާއީދު ކުރުމަށް ނިންމިކަން އިއުލާން ކޮށްފައިވަނީ ރޭގައެވެ. އަޝްފާޤުގެ ނިންމުމާއި ގުޅިގެން ޑރ.މުއިއްޒު ވަނީ އަޝްފާގަށް ޝުކުރު ދަންނަވާފައެވެ. އަދި އޭނާއަކީ ޤައުމު އެމީހަކަށްޓަކައި އަބަދިވެސް ފަހުރުވެރިވާ ޤައުމީ ބަލަތްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އަޝްފާޤް މުއިއްޒުއަށް ތާއީދު ކުރިކަން ހާމަކުރިއިރު، ބުރާސްފަތި ދުވަހުގެރޭ މާލެ ސިޓީއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ އަނަސް އަބްދުއްސައްތާރާއި ރައީސް ނަޝީދުވެސް ވަނީ އަޝްފާޤާއި ބައްދަލުކޮށްފައެވެ. ނަމަވެސް އަޝްފާޤު އަނަސްއަށް ތާއީދު ކުރިކަމެއް އަދި އެފަދަ އިޝާރާތެއްވެސް ދީފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ