މަޑުއްވަރީން ހައްޔަރުކުރި 10 މީހުން ދޫކޮށްލައިފި

މަޑުއްވަރީން ހައްޔަރުކުރި 10 މީހުން ދޫކޮށްލައިފި

Author
މުޙައްމަދު ޖިމީ
03 އޭޕްރިލް 2021 11:25
0

ރ. މަޑުއްވަރީގައި ޢުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރިކަމަށް ތުހުމަތުކުރާ މައްސަލާގައި ކުރި މުޒާހަރާއިން ހައްޔަރުކުރި 10 މީހުން ދޫކޮށްލައިފިއެވެ.

މަޑުއްވަރީގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ކޯޓު ޢަމަުރެއްގެ ދަށުން އެ10 މީހުން ހައްޔަރުކުރީ މިދިޔަ މަހުގެ26 ވަނަ ދުވަހުއެވެ. ފުލުހުން ހައްޔަރުކުރި 10 މީހުންގެ ތެރެއިން ނުވަ މީހުންގެ ބަންދަށް ހަތް ދުވަސް އަދި އަނެއް މީހާގެ ބަންދަށް ތިން ދުވަސް މަޑުއްވަރީ ކޯޓުން ޖަހައިދީފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އުނގޫފާރު ކޯޓަށް ޙާޒިރުކުރުމުން ކޯޓުން ވަނީ އެމީހުން ދޫކޮށްލާފައެވެ.

މަޑުއްވަރީގައި ޢުމުރުން 14 އަހަރުގެ ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއްގައި މަޑުއްވަރީގެ މަސްލަހަތު ގެއްލިފައި ވާއިރު، އެ މައްސަލައިގެ ތުހުމަތު ފުލުހަކަށާއި، ޓީޗަރެއްގެ އިތުރުން އިތުރު ބަޔަކަށްވެސް އެރަށު މީހުން ކުރެއެވެ. ރޭޕް ކުރުމުގެ ހާދިސާ ހިނގި ކަމަށް ބުނަނީ މިދިޔަ މަހު 03 ވަނަ ދުވަހު އެވެ. ފުލުހުންނަށް މައްސަލަ ރިޕޯޓް ކޮށްފައި ވަނީ މިދިޔަ މަހު 11 ވަނަ ދުވަހުއެވެ.

އެ މައްސަލާގައި މަޑުއްވަރީގައި ކުރިއަށް ގެންދިޔަ އިހުތިޖާޖު ހޫނުވެ ޕޮލިސް ސްޓޭޝަނަށްވެސް ވަނީ ގެއްލުން ދީފައެވެ. އަދި މަޑުއްވަރީ ހަމަނުޖެހުމުގައި ދައުލަތުގެ މުދަލަށް ގެއްލުންދީ ފުލުހުންނަށް ހަމަލާދީފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.