އިބުރާ އެމްޑީޕީއަށް: ރައްޔިތުން ހަވާލުކުރި ޒިންމާ އަދާނުކުރެވުމުން ނިޒާމް ބަދަލުކުރަން އުޅުމަކީ ގޯހެއް

އިބުރާ އެމްޑީޕީއަށް: ރައްޔިތުން ހަވާލުކުރި ޒިންމާ އަދާނުކުރެވުމުން ނިޒާމް ބަދަލުކުރަން އުޅުމަކީ ގޯހެއް

Author
މުޙައްމަދު ޖިމީ
03 އޭޕްރިލް 2021 12:21
0

ރައްޔިތުން ބޭނުންވާގޮތަށް ވެރިކަން ކުރަން ޤާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާ އަދާނުކުރެވުމުން، ޤާނޫނު އަސާސީ ބަދަލުކުރަން އުޅުމަކީ ގޯހެއްކަމަށް ވިދާޅުވެ، އެމްޑީޕީގެ ފުރަތަމަ ރައީސް އަދިއެ ޕާޓި އުފެއްދުމުގެ އެންމެ އިސް ދައުރެއް އަދާކުރެއްވި އިބްރާހީމް އިސްމާޢީލް (އިބުރާ) ވިދާލުވެއްޖެއެވެ.

އިބުރާ މިހެން ވިދާލުވެފައިވަނީ، މިއީ ޜާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ އެންމެ އެކަށީގެންވާ ވަހުތުތަކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމްއާއި، އެމްޑީޕީގެ އެންމެ އިސް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

އެވާހަކަތަކާއި ގުޅިގެން އިބުރާ ވިދާޅުވީ ދައުލަތް ހިންގަްވީ ގޮތް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު، އެއީ ރައްޔިތުނ ކަނޑަައެޅިގޮތްކަމަށާއި، ވެރިކަން ހިންގުމަށް ބަޔަކާއި ހަވާލު ކުރެވެނީ ޤާނޫނު އަސާސީގައިވާގޮތަށްކަމަށެވެ. ނަމަވެސް ވެރިކަމާއި ހަވާލުވެ ރައްޔިތުން ހަވާލުކުރި ޒިންމާ އަދާ ނުކުރެވުމުން ޤާނޫނު އަސާސީ ބަދަލުކުރަން އުޅުމަކީ ގޯހެއްކަމަށެވެ.

ޤާނޫނު އަސާސީއަކީ ދައުލަތް ހިންގަންވީ އުސޫލުތައް ބަޔާންކުރުމަށް ރައްޔިތުން ކަނޑައެޅި ގޮތެވެ. އެއަށްފަހު، އޭގައިވާގޮތަށް ދައުލަތް ހިންގުމަށް ރައްޔިތުން އިންތިޚާބުކުރާ ބަޔަކާ ހަވާލުކުރަނީއެވެ. އެމީހުންނާއެކު އެކަން ނުވީމާ އެމީހުނަށް ކުރެވޭނެ ގޮތަށް ޤާނޫނު އަސާސީ ބަދަލުކުރަން އުޅުމަކީ ގޯހެއް.

– އިބްރާހީމް އިސްމަޢީލް

އިބްުރާ މިހެން ވިދާލޫވެފައިވާއިރު އެމްޑީޕީގެ އެންމެ އިސް ސަަފުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ މިއީ ވެރިކަމުގެ ނިޒާމް ބަދަލުކުރަން ވީވަގުތުކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެގޮތުން ދާދިފަހުން މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް ވިދާޅުވެފައިވަނީ، ސަރުކާރު ތެރޭގައި ވައްކަންކުރާކަމަކީ އެއްވެސް މީހަކަށް ސިއްރުވެފައި އޮތް ކަމެއް ނޫން ކަމަަށާއި، އެހެންކަމުން ރައްޔިތުންނަށް ރައްޔިތުންގެ ފުރިހަމަ ބާރުވެރިކަން ދިނުމަށް ވެރިކަމުގެ ނިޒާމު ބަދަލުކުރަންޖެހޭކަމަށެވެ.

ރާއްޖޭގައި ވެރިކަން ހިންގުމަށް އެންމެ އެކަށީގެންވަނީ ބަރުލަމާނީ ނިޒާމްކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.