އިދިކޮޅު މުޒާހަރާއިން 12 މީހަކު ހައްޔަރުކޮށްފި

އިދިކޮޅު މުޒާހަރާއިން 12 މީހަކު ހައްޔަރުކޮށްފި

Author
ޢަލީ އާދަމް
02 އޭޕްރިލް 2021 06:32
0

އިދިކޮޅު ޕްރޮގްރޮސިވް ކޯލިޝަނުން މިއަދު މާލޭގައި ކުރި މުޒާހަރާހެ ތެރެއިން 12 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މުޒާހަރާގެ ތެރެއިން މިއަދު ގިނަ އަދަދަކަށް ހައްޔަރުކޮށްފައިވަނީ އަންހެން ކަނބަލުންނެވެ. މިއަދުގެ މުޒާހަރާ މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންގޮސްފައި ވަނީ ރޭޕްކުރުމާ ދެކޮޅަށް އަޑުއުފުލުމަށެވެ.

މުޒާހަރާ ފަށާފައި ވަނީ ސޯސަންމަގާއި މަޖީދީމަގު ގުޅުނު ސަރަހައްދުންނެވެ. އެހެންނަމަވެސް އެސަރަހައްދުން މުޒާހަރާގެ ބައިވެރިން ފޮނުވާލުމަށް ގިނައަދަދެއްގެ ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ. އަދި މުޒާހަރާގެ ބައެއް ބައިވެރިން އެސަރަހައްދުން ހައްޔަރުކޮށްފައިވެއެވެ. އެހެންކަމުން މުޒާހަރާގެ ބައިވެރިން މަޖީދީމަގުގެ އެހެން ސަރަހައްދުތަކާއި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދައްވެސް އެއްވުމަށް ވަނީ މަސައްކަތްކޮށްފަ އެވެ.

އާންމުކޮށް އެހެން ހުކުރު ދުވަސްތަކެކޭ އެއްގޮތަށް މިއަދުވެސް ޕީޕީއެމްގެ އޮފީސް ހިމެނޭ ސަރަހައްދު ވަނީ އެއްވެސް މީހަކަށް ވަދެ ނުކުމެ ނުވެވޭނެހެން ބެރިކޭޑް ޖަހައި ފުލުހުން ބަންދުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.