ބޭބީ ނާސަރީއާއި، ނާސަރީ ކުދިން ސްކޫލަށް ޙާޒިރުކޮށްގެން ކިޔަވައިދޭން ހުއްދަ ދީފި

ބޭބީ ނާސަރީއާއި، ނާސަރީ ކުދިން ސްކޫލަށް ޙާޒިރުކޮށްގެން ކިޔަވައިދޭން ހުއްދަ ދީފި

Author
މުޙައްމަދު ޖިމީ
02 އޭޕްރިލް 2021 12:13
0

މާލެ ސަރަޙައްދުގައި ހިންގާ ބޭބީ ނާސަރީއާއި ނާސަރީތަކަށް ދަރިވަރުން ޙާޒިރުކޮށްގެން ކިޔަވައިދިނުމުގެ ހުއްދަ އެޑިއުކޭޝަން މިނިސްޓްރީން ދީފިއެވެ.

އެ މިނިސްޓްރީން މިހުއްދަ ދެއްވާފައިވަނީ ކޯވިޑް-19ގެ ރާއްޖޭގެ ޙާލަތަށް ބެލުމަށްފަހުކަމަށް އެ މިނިސްޓްރީން ބުންޏޭވެ. އެހެންކަމުން މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ބޭބީ ނާސަރީ އަދި ނާސަރީގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިނުމުގެ ހުއްދަ އެޗްޕީއޭއިން ދީފައިވާކަމަށް މިނިސްޓްރީން ބުންޏެވެ. ޕްރީ ސްކޫލުތައް ހުޅުވުމުގެ ހުއްދަ އެމިނިސްޓްރީން ދީފައިވާއިރު އެޗްޕީއޭއިން ވަނީ މާލެ ސަރަޙައްދުގެ ކާފިއު އުވާލައި ބޮޑެތި ލުއިތަކެއްވެސް ދީފައެވެ. އޭގެ ތެރޭގައި ޑޭ ކެއާ ސެންޓަރުތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތައް ހުޅުވުމުގެ ހުއްދަވެސް ވަނީ ދީފައެވެ.

ކޯވިޑް-19އާ ގުޅިގެން މާލެ ސަރަޙައްދުގައި ގްރޭޑު 6:00އިން ފެށިގެން ނާސަރީއާ ހަމައަށް ސްކޫލުތައް ބަންދުކުރިތާ މަހަކަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ. ކޯވިޑް-19އާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން މަތީ ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔަވައިދެމުންދިޔަނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުންފެށިގެން ސްކޫލްތައް ހުޅުވުވާ ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ހުއްދަ ވަނީ ދީފައެވެ. އަދި މިދިޔަ ބުރާސްފަތިދުވަހު ބައެއް ސްކޫލްތަކުގައި ކިޔަވައިދޭން ފަށާފައިވާއިރު އަންނަ ހަފްތާގެ އާދިއްތަ ދުވަހުންފެށިގެން އަނެއްކާވެސް ސްކޫލްތަކުގެ ހުރިހާ ގްރޭޑެއްގެ ދަރިވަރުން ހާޒިރުވެގެން ކިޔަވައިދޭން ފަށާނެއެވެ.

2020ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ 2ވަނަ ޓާމުގެ ކިޔެވުން، ޖެނުއަރީމަހުގެ 10ވަނަ ދުވަހު ފެށީ، ހުރިހާ ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔަވައިދިނުން ކުރިއަށްގެންދާ ގޮތަށެވެ. މިގޮތަށް ފިޔަވަޅުތަށް ލުއިކޮށް ކުދިން ސްކޫލަށް ޙާޒިރުކުރަންފެށީ، ކޯވިޑް-19ގެ ކޭސްތައް އޭރު ވަރަށްބޮޑަށް މަދުވުމާ ގުޅިގެންނެވެ. ކޭސްތަކުގެ ޢަދަދު އޭރު 100އިން ދަށަށްދިޔައެވެ.

ނަމަވެސް ކޯވިޑް-19ގެ 3ވަނަ ރާޅާ ކުރިމަތިވެ، އަނެއްކާވެސް މާލޭގައި ކޯވިޑް-19ގެ ކޭސްތަށް ވަރަށްބޮޑަށް އިތުރުވެ ފިޔަވަޅުތަށް ވަރުގަދަކުރިއެވެ. އެއާއެކު ފެބްރުއަރީމަހުގެ 14ވަނަ ދުވަހުން ފެށިގެންވަނީ މާލެ ސަރަޙައްދުގެ ގްރޭޑް 6އިން ދަށުގެ ކުދިން، ސްކޫލަށް ހާޒިރުކޮށްގެން ކިޔެވުން ބަންދުކޮށްފައެވެ. މި މުއްދަތުގައި މިގްރޭޑްތަކުގެ ކިޔެވުން ކުރިއަށްގެންދިޔައީ އޮންލައިންކޮށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު މިވަނީ އެލް.ކޭ.ޖީއިން ފެށިގެން ހުރިހާ ގްރޭޑްތަކެއްގެ ކިޔެވުން، ދަރިވަރުން ސްކޫލަށް ނެރެގެން ކުރިއަށް ގެންދާގޮތަށް ގޮތަށް ނިންމާފައެވެ. ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ސްކޫލްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަށްވަނީ ވަރުދަގަކޮށްފައެވެ. އެގޮތުން ގައިދިރުކަން އިތުރުކުރުމާއި އެންމެން މާސްކު އެޅުމާއި ސްކޫލަށް ކުދިން އަންނައިރު ހުން ބެލުމާއި ފަސޭހައިން އަތްދޮވެ ސާފުތާހިރުވެވޭނެ އިންތިޒާމު ސްކޫލްތަކުގައި ހެދުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.