މަޤާމުގެ ނުފޫޒް ބޭނުންކުރައްވައިގެން މާލެ ސިޓީގެ މޭޔަރު ސިފާ މުހައްމަދު، އޭނާގެ ކޮއްކޮގެ ކެމްޕެއިނަށް ދައުލަތުގެ ބަޖެޓުން ޚަރަދު ކުރަމަށް މަސައްކަތްކުރަމުން އަންނަކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ.
މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ފަޒީން ވިދާޅުވީ، މޭޔަރުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އޭނާގެ ކޮއްކޮގެ ކެމްޕެއިން ވައުދުތައް ފުއްދުމައްޓަކައި ކައުންސިލުގެ ސްޓާފުންގެނަމުގައި އޮޅުވާލައިގެން ދައުލަތުގެ ބަޖެޓުން ޚަރަދުކުރަން އެކަމަނާ ފޫގަޅާލާފައިވާކަމަށެވެ. އެގޮތުން މާލެހިޔާ ފްލެޓް ހުޅަނގުން އޮތް ހުސްބިމުގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމާ ގުޅޭ ޤަރާރެއް ފާސްކުރުމަށް މަސައްކަތްކޮށް، ކައުންސިލުން އެ ޢަދަދަށް ސޮއި ނުލިބުނުނަމަވެސް، އެ ދަނޑު ތަރައްޤީކުރުމަށް މިހާރު އިއުލާންކޮށްފައިވާކަމަށް ފަޒީން ފާހަގަކުރެއްވިއެވެ. ފަޒީން އެ ވާހަކަތައް ހިއްސާކުަރައްވާފައިވަނީ ހެއްކާއެކުއެވެ.
މޭޔަރުގެ މަޤާމުގެނުފޫޒު ބޭނުންކޮށްގެން އޭނާގެ ކޮއްކޮގެ ކެމްޕެއިން ވައުދުތައް ފުއްދުމައްޓަކައި ކައުންސިލުގެ ސްޓާފުންގެނަމުގައި އޮޅުވާލައިގެން ދައުލަތުގެ ބަޖެޓުން ޚަރަދުކުރަން އެކަމަނާ ފޫގަޅާލައިފި
"ކައުންސިލުން" ރައްޔިތުންނާ މަޝްވަރާކުރުމަށްފަހު ކުރިއަށްގެންދިއުމަށް ތާއީދު pic.twitter.com/ojcYDc78By
— ?????? ?? (@fazeen2457) April 1, 2021
ފަޒީން ވިދާޅުވީ، އެމައްސަލަ ބެލޭނެ މުއައްސަސާއެއް ނެތީ ސުޕަރމެޖޯރިޓީ ދިނުމުގެ ގޯސްހެދިފައިއޮތުމުންކަމަށެވެ. ފަޒީން ވިދާޅުވީ، މި މަސައްކަތަކީ ކައުންސިލްގެ ފަރާތުން ރައްޔިތުންނާއި މަޝްވަރާކޮށްގެން ކުރިއަށް ގެންދަންޖެހޭނެ މަޝްރޫޢުއެއްކަމަށެވެ.
1 އޭޕްރީލް 2021 ގެ ރޭގަނޑު 9:00 ޤަރާރުގައި އޮތީ 2 ސޮއި. އަދިވެސް ސޮއި ހަމަނުވެ. ނަމަވެސް އިއްޔެ މެންދުރު 12:00 ގައި ދަނޑު ތަރައްޤީކުރާނެ ފަރާތެއް ހޯދުމަށް ކައުންސިލުގެ ރުހުން ނުލިބެނީސް ޢިއުލާނުކުރި!
މިމައްސަލަ ބެލޭނެ މުއައްސަސާއެއް ނެތީ ސުޕަރމެޖޯރިޓީ ދިނުމުގެ ގޯސްހެދިފައިއޮތީމަ https://t.co/Gu2FQBVCxA pic.twitter.com/FS268kpZnK— ?????? ?? (@fazeen2457) April 2, 2021
މާލޭގެ މޭޔަރުގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފަޒީން ހާމަކުރައްވަމުން އައިނަމަވެސް އެ މައްސަލަތައް އެއްވެސް މުއައްސަސާއަކުން ބަލަމުން ނުދާކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކޮށްފައިވެއެވެ. މީގެ ކުރިން މާލޭ ލޮނުޒިޔާރަތް ޕާކް ތަރައްޤީކުރުމުގައިވެސް މޭޔަރު ސިފާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭއިރު، އެ މައްސަލާގައި ދައުވާ ނުކުރުމަށް ޕީޖީ ވަނީ ނިންމާފައެވެ.
ފަޒީން ވިދާޅުވެފައިވަނީ ކޮރަޕްޝަންގެ މައްސަލަތައް މަޖިލީހުގެ ރައީސްއާއި ހަމައަށް ހެއްކާއެކު ގެންދިއުމުންވެސް އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް އިންޒާރު ދެއްވިކަމަށެވެ.
ކޮމެންޓު ފޮނުވާ