ނ.މިލަދޫ އަދި ފ.ބިލަތްދޫ ކައުންސިލް އިދާރާ އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ނ.މިލަދޫ އަދި ފ.ބިލަތްދޫ ކައުންސިލް އިދާރާ އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

Author
މުޙައްމަދު ޖިމީ
01 އޭޕްރިލް 2021 06:11
0

ނ.މިލަދޫއާއި ފ.ބިލަތްދޫ ކައުންސިލް އިދާރާ އެޅުމުގެ އެއްބަސްވުމުގައި އެ ކައިންސިލްތަކާއެކު ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސޮއިކޮށްފިއެވެ.

އެލްޖީއޭގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ހިމެނިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރެއިން ނ. މިލަދޫ ކައުންސިލް އިދާރާ ޤާއިމްކުރުމުގެ މަޝްރޫއު އާއި ފ. ބިލެއްދޫ ކައުންސިލް އިދާރާ ޤާއިމްކުރުމުގެ މަޝްރޫއު ކައުންސިލްއާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔުމުގެ އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންދިޔައީ އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައެވެ. މި އެއްބަސްވުންތަކުގައި އެލް.ޖީ.އޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ފާތިމަތު އަފްޝަން ލަތީފެވެ. އަދި ކައުންސިލްތަކުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްތަކުގެ ރައީސުންނެވެ.

މި ބައްދަލުވުމުގައި އެލް.ޖީ.އޭގެ ފަރާތުން ސީ.އީ.އޯ ދެއްކެވި ވާހަކަ ފުޅުގައި މި ދެ ޕްރޮޖެކްޓްގެ މުހިންމުކަން ފާހާގަކުރެއްވައި، ޕްރޮޖެކްޓް އެންމެ އެކެށޭނަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެލް.ޖީ.އޭގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ދެއްވާނެކަމަަށް ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ފ. ބިލަތްދޫ ކައުންސިލުންގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ މި ޕްރޮޖެކްޓަކީ ބިލަތްދޫ ރައްޔިތުން 23 ވަރަކަށް އަހަރުވަންދެން އިންތިޒާތު ކުރަމުންއައި ޕްރޮޖެކްޓެއްކަމަށާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއި ގުޅިގެން ކައުންސިލް އައު އިމާރާތެއްގެ ބޭނުން އިތުރަށް ބޮޑުވެފައިވާކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ނ. މިލަދޫ ކައުންސިލުންގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ނ. މިލަދޫއަކީ ވެސް ކައުންސިލްގެ އައު އިމާރާތަކަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ރަށެއް ކަމަށާއި، ކައުންސިލްގެ އިދާރާ އަމިއްލަ ފާރާތެއްގެ އިމާރާތުގައި ހިންގަމުން ގެންދާތާ ގާތްގަނޑާކަށް 9 އަހަރު ވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ކައުންސިލް އިދާރާގެ އައު އިމާރާތެއް ލިބުމުގެ ސަބަބުން މިލަދޫ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބި، ކައުންސިލުން ދޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެކަމަށް ވިދާޅުވިއެވެ.

އެލްޖީއޭއިން ދެ ކައުންސިލެއްގެ ޢިމާރާތް އެޅުމަށް އެއްބަސް ވުމުގައޮ ސޮއިކޮށްފައިވާއިރު، މީގެ ކުރިން ވަނީ ވިލިމާލެއާއި، އައްޑޫ ސިޓީ މަސްމާރުކޭޓް ޢިމާރާތްކުރުމަށް އެ ކައުންސިލްތަކާއެކުވެސް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.