ބަންދުގައި ބަހައްޓައިގެން އިބުރާ ކޯޓަށް ޙާޒިރުކުރަނީ

ބަންދުގައި ބަހައްޓައިގެން އިބުރާ ކޯޓަށް ޙާޒިރުކުރަނީ

Author
މުޙައްމަދު ޖިމީ
01 އޭޕްރިލް 2021 04:07
0

އެމްޑީޕީގެ ފުރަތަމަ ރައީސް އަދި އެޕާޓި އުފެއްދުމުގެ މަސައްކަތް ކުރެއްވި އިބްރާހީމް އިސްމާޢީލް (އިބްރާ) ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކުރުމަށް ޢަމުރެއް ނެރެފިއެވެ.

ސިވިލް ކޯޓްގެ ޤާޟީ މަރްޔަމް ވަޙީދާ ސޮއިކުރައްވާ ނެރުއްވާފައިވާ ޢަމަުރުގައި ފުލުހުންގެ މައްޗަށް ޢަމުރުކުރައްވާފައިވަނީ، އެޗްޕީއޭގެ ގައިޑްލައިންގައިވާ ކަބންކަން ކަށަވަރުކުރުމަށްފަހު އެ މިންގަނޑަށް ފެތޭގޮތަށް ކޯޓަށް ޙާޒިރުކޮށްދިނުމަށެވެ. އޭނާ ކޯޓަށް ޙާޒިރުކުރަނީ ކުންފުންޏެއްގެ ޑިރެކްޓަރެއްގެ ހައިސިއްޔަތުން ކޯޓަށް ޙަޒިރުވާންޖެހޭ ޢަމުރާއި ހަވާލުވެފައިނުވާތީކަމަށް، ޙާޒިރުވާން އެންގި ލިޔުމުގައިވެއެވެ. ނަމަވެސް އެއީ ކޮން ކުންފުންޏެއް ނުވަތަ ކޮން މައްސަލައެއްކަމެއް ނޭނގެއެވެ. އޭނާ ކޯޓަށް ޙާޒިރުކުރުމަށް ޢަމަުރުކޮށްފައިވަނީ މިމަހުގެ 4 ވަނަ ދުވަހުގެ 13:35އަށެވެ.

 

ކީއްކުރާނީ. ޗިޓެއް ހިފައިގެން މިގެއަކަށް ނާދޭ. މިދިޔަ މަސް ދުވަހު އެހެން މައްސަލަތަކުގައި އެތައް ފަހަރަކު ކޯޓަށް ދިފައިން. ކޯޓުން އެތައް ޗިޓެއް މެއިލުންނާއި، ވައިބަރ އިން މަށަށް ފޮނުވާ. ދެރޭ ކުރިންވެސް ފޮނުވި. ދެން އެކަމަކުވެސް ހެޔޮ. ހަމަ ޤާނޫނު އަސާސީ ވިއްކާލީ މޯލްޑިވްސް ޖުޑީޝަލް ސާރވިސްގެ ބާރުވެސް މަށަށް އެނގޭ.

އިބްރާ ކޯޓަށް ޙާޒިރުކުރުމަށް ޢަމުރު ނެރެފައިވާއިރު، އިބުރާ ގެންދަވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ރައީސް ނަޝީދަށް 65 މެންބަރުންނާއެކު ރައްޔިތުންގެ މަޖިލިސް ހަވާލުކުރުމުންވެސް ޖަހަނީ ސަކަރާތްކަަމަށް ވިދާލުވެ ފާޑު ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

k keke
dhen nakas thalhaa