ފްރާންސްގެ ބްރޭންޑެއްގެ ޗީޒެއް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފި

ފްރާންސްގެ ބްރޭންޑެއްގެ ޗީޒެއް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފި

Author
ޢަލީ އާދަމް
01 އޭޕްރިލް 2021 02:13
0

ފްރާންސްގެ ޗީޒްގެ އުފެއްދުމެއްގައި ޖަރާސީމު ތަޣައްޔަރު ވުމުގެ ފުރުސަތު އޮތްކަމަށް ފާހަގަކުރެވޭތީ އެބާވަތުގެ ޗީޒް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކޮށްފި އެވެ.

އެފްޑީއޭ އިން ބުނީ "Nos Régions ont du Talent" މި މަަރުކާގެ ޗީޒްގެ، "ލިސްޓީރިއާ މޮނޯސައިޓޯޖީންސް" ޖަރާސީމުން ތަޣައްޔަރުވެފައިވާ ބެޗެއް ރާއްޖެއަށް އެތެރެވެފައި ވާކަމުގެ މަޢުލޫމާތު ލިބިފައި ވާކަމަށެވެ.

އެހެންކަމުން މި މަޢުލޫމާތާގުޅޭގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން އެ އޮތޯރިޓީން ބަލަމުންގެންދާއިރު އެ މަރުކާގެ، "ބާކޯޑް:3564709006031″ގެ ލޮޓް ނަމްބަރު V028 ޗީޒް ނުވިއްކުމަށާއި ބޭނުންނުކުރުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.

މި ބެޗްގައި ހިމެނޭ ޗީޒްގެ މުއްދަތުހަމަވާ ތާރީހަކަށް އިންނާނީ 04 އޭޕްރީލް 2021 ކަމަށްވެސް އެފްޑީއޭ އިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.