ކޯވީޑްގައި އިތުރު ދިވެއްސެއް ނިޔާވެއްޖެ

ކޯވީޑްގައި އިތުރު ދިވެއްސެއް ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
31 މާރޗް 2021 07:10
0

ރާއްޖެއިން ކޯވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ޢުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ މިއަދު ނިޔާވީ މިހާއަކީ ޚަބަރުހުސްވެގެން އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެންދިޔަ މީހެއްކަމަށެވެ. މިއަދު 12:27ގައި އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އޭނާ ނިޔާވެފައިވާކަމަށް އޭގެ ކުޑަވަގުތުކޮޅެއްގެ ތެރޭގައިކަމަށް  ޑޮކްޓަރުންވަނީ ވިދާޅުވެފައެވެ.

މިއީ ކޯވިޑް-19 ބަލީގައި ރާއްޖެއިން ނިޔާވި 67 ވަނަ މީހާއެވެ. މިއާކު މިބަލީގައި ނިޔާވި ދިވެހިންގެ ޢަދަދުވަނީ 59 އަށް އަރާފައެވެ. އަދި 8 ބިދޭސީންވަނީ މިބަލީގައި މަރުވެފައެވެ.

ރާއްޖެއިން ކޯވިޑް-19 ބަލީގައި އެންމެ ފަހުން މީހަކު ނިޔާވިކަން އެޗްޕީއޭއިން ހާމަކުރައްވާފައިވަނީ މިމަހުގެ 21ވަނަ ދުވަހުގައެވެ. އެއީވެސް އައިޖީއެމްއެޗްގެ އެމަޖެންސީއަށް ގެންދިޔަ ޢުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޯވިޑް-19 ޖެހިގެން ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މިދިޔަ ފެބުރުއަރީމަހުއެވެ. އެމަހު 10 މީހުންވަނީ ނިޔާވެފައެވެ. އަދި މިދިޔަ ޖެނުއަރީމަހު 9 މީހުން ރާއްޖެއިން ވަނީ މިބަލީގައި ނިޔާވެފައެވެ. މިމަހުގެ މިހާތަނަށް
މިވަނީ މިބަލީގައި ރާއްޖެއިން 4 މީހުން ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.