ވެންޓިލޭޓަރުތަކަށް ދެއްކި ފައިސާ ހޯދުމަށް އާބިޓްރޭޝަނަށް ދާން ނިންމައިފި

ވެންޓިލޭޓަރުތަކަށް ދެއްކި ފައިސާ ހޯދުމަށް އާބިޓްރޭޝަނަށް ދާން ނިންމައިފި

Author
މުޙައްމަދު ޖިމީ
31 މާރޗް 2021 03:00
0

ދުބާއީ އެގްޒެކިއުޓާސްއާއި ހަވާލުކޮށްގެން ގެނައުމަށް މަސައްކަތްކުރި ވެންޓިލޭޓަރުތަކުގެ މައްސަލާގައި ސަރުކާރުގެ މިހާރުގެ ވިސްނުން ހުރީ އެފައިސާ އަނބުރާ ހޯދުންކަމަށާއި، އެހެންކަމުން އެމައްސަލަ އާބިޓްރޭޝަނަށް ހުށައެޅުމަށް ނިންމާފައިވާކަަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ވެންޓިލޭޓަރުތައް ރާއްޖެއަށް ހޯދުމަށް ދުބާއީގެ އެގްޒެކިއުޓާސްއަށް ދެއްކި ފައިސާއާއި އެއްގޮތަށް އެ ވެންޓިލޭޓަރުތައް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަަމަށެވެ. އެގޮތުން އެކި މުއްދަތުތައް ދީގެންވެސް ވެންޓިލޭޓަރުތައް ގެނައުމަށް ކުރި މަސައްކަތުން ނަތީޖާ ލިބިފައިނުވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ އާބިޓްރޭޝަނަށް މައްސަލަ ގެންދިއުމަށް އެޓާނީ ޖެނެރަލް މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން މަބްރޫކް ވިދާޅުވީ، އެގްޒެކިއުޓާސްއާއި އެކު ވެފައިވާ އެއްބަސްވުމުގައިވެސް ޔުނައިޓެޑް ނޭޝަންސް އޮން އިންޓަރނޭޝަނަލް ޓްރޭޑް ލޯއާއި އެއްގޮތްވާ ގޮތުގެމަތިން އިންޓަރނޭޝަނަލް އާބިޓްރޭޝަނަށް ދެވޭނެކަން ބަޔާންކުރާކަމަށް ވިދާޅުވިއެވެ.

މި އާބިޓްރޭޝަންގެ އާބިޓްރޭޝަނަކަށްވާނީ ރާއްޖޭގެ އާބިޓްރޭޓާއެއް. އަދި މި މައްސަޅާގައި އަޅުގަނޑުމެން މި އެދެނީ މި އެގްރިމަންޓާއި ޚިލާފްވެފައިވާކަަމަށްދެކި މިކަމަށް ދެއްކި ފައިސާ އަނބުރާ ހޯދަން. އެޓަރނީ ޖެނެރަލް އަޅުގަނޑުގާތު ވިދާޅުވި، މިކަހަކަ އިންޓަރނޭޝަނަލް އާބިޓްރޭޝަންތަކުގައި އިންޓަރނޭޝަނަލް ކޮންވެންޝަންތައް ހުރެއޭ. ޓްރީޓީތައްވެސް ހުރޭ. މިގޮތުން ރާއްޖެއަކީ ނިއުޔޯކް ޓްރީޓީގެ ބައިވެރިއެއް. އަދި ޔޫއޭއީ އަކީވެސް ނިއުޔޯކް ޓްރީޓީގެ ބައިވެރިއެއް. މި މައްސަލަ ނިމޭގޮތަކުން އެމައްސަލަ ތަންފީޒް ކުރުމުގައި ބައިނަލްއަޤްވާމީ ޓްރީޓީތަކާއި ޖަމާއަތްތަކުން މަސައްކަތްކޮށްދޭނެ. ކުރާނެ. އަޅުގަނޑުމެންގެ ވިސްނުމަކީ މިހާރު އެފައިސާ އަނބުރާ ރާއްޖެއަށް ހޯދުން.

– ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް

މަބްރޫކް ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ މައްސަލާގައި ޖިނާޢީ ތަހުގީގެއް އޮތްނަމަ އެކަން ކުރެވެމުން ގެންދާނެކަމަށާއި، މިކަމުގައި އެއްވެސް މީހަކު ޝަމިލްވެފައިވާނަމަ އެމީހަކާމެދު ފިޔަވަޅު އެޅޭނެކަމަށެވެ.

ކޯވިޑް-19އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުަތައް ހޯދުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަށް އޭސީސީން ތަހުގީގްކޮށް ދައުވާކުރުމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ވަނީ މި މައްސަލާގައި ދައުވާ ނުކުރުމަށް ނިންމާފައެވެ. ނަމަވެސް މި މައްސަލާގައި ދައުވާ ނުކުރުމަށް ނިންމި ނިންމުމާމެދު އޭސީސީއާއި އާންމު ރައްޔިތުންގެ ކަންބޮޑުވުން އޮތުމުން އެކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރިކަން ނުވަތަ ނޫންކަން ދެނަގަތުމަށް ނިންމާއިފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.

ޕީޖީ ވިދާޅުވީ މި މިމައްސަލާގައި ގޮތް ނިންމުމުގައިވެސް ބަލާފައިވާނީ ތަޙުޤީޤަށް ހޯދިފައިހުރި ހެކިތަކުގެ މައްޗަށްކަމަށެވެ. ނަމަވެސް، މިމައްސަލައިގައި ނިންމި ގޮތާމެދު އެންޓި ކޮރަޕްޝަނުން އިންތިހާއަށް ހިތްހަމަޖެހިވަޑައި ނުގަންނަވާތީއާއި، މިއީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައަކަށްވާތީ، މިމައްސަލައިގައި އަލުން ބަލައި، އެކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރިކަން ނުވަތަ ނޫންކަން ދެނަގަތުމަށް ނިންމަވާފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

ޕީޖީ އޮފީހުން އެ ނިންމުން މުރާޖަޢާ ކުރާއިރު، މައްސަލައިގައި ފުލުހުންނާ ގުޅިގެން ހޯދިފައިވާ ހެކިތައްވެސް ވަކިން ގެނެސް، އިތުރަށް ތަޙުޤީޤުކުރަންޖެހޭ ކަމެއް އޮތްނަމަ، އެކަމެއް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކު ތަޙުޤީޤު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް އިރުޝާދު ދިނުމަށްވެސް ޤަޞްދުކުރާކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ޕީޖީ ވިދާޅުވީ މި މައްސަލާގައި ނިންމާފައިވާ ނިންމުން މުރާޖައާ ކުރުމުގައި، ކުރިން ދީފައިވާ އިރުޝާދުގައި ހުރި ކަންކަން ތަޙުޤީޤުކުރުމުގައި ފުލުހުންގެ އެހީތެރިކަން އޭސީސީއަށް ދިނުމަށް ފުލުހުންގެ މުއައްސަސާއަށް އެންގުމަށްވެސް ނިންމާފައިވާކަމަށެވެ. އަދި އޭގެ ފަހުން މައްސަލަ ދިރާސާ ކުރުމަށްފަހު އަލަށް ހޯދޭ ހެކިތަކުގެ އަލީގައި ނިންމުން މުރާޖައާ ކުރުމަށްވެސް ނިންމަވާފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Haaufaa
Aabitreyshanah dhaa kharadhaa dhaavaguthaa enoonas ithuru kharakhakaa vaguthu dhaanama ekamuge agu hoadhen vaane