މާލޭގެ ރައްޔިތުންނަކީ ސަލާން ޖަހާނެ ބައެއް ނޫން: ބޯދިގު

މާލޭގެ ރައްޔިތުންނަކީ ސަލާން ޖަހާނެ ބައެއް ނޫން: ބޯދިގު

Author
މުޙައްމަދު ޖިމީ
31 މާރޗް 2021 12:39
0

މާލޭގެ ރައްޔިތުންނަކީ ސަލާން ޖަހަން ދާނެ ބައެއް ނޫންކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (ބޯދިގު) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބޯހިޔާވަހިކަމާއި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ސަރުކާރުން ހުޅުމާލޭގައި ބިނާކުރި 7000 ފްލެޓްގެ ހިޔާ މަޝްރޫޢު ކުރިއަށް ގެންދިޔަ ގޮތް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓަށް ވާހަކަފުޅު ދައްކަވަމުން މުޙައްމަދު ނަޝީދު ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަންކަމަށެވެ.

އޭނާ ވިދާޅުވީ، މާލޭގެ ރައްޔިތުންގެ ޙާލަތުގެ ވާހަކަ ދައަބަދުވެސް ދައްކާނެކަަމށާއި، މާލޭގެ ރައްޔިތުން ހާލުގައި އުޅޭތާ އެތައް ދުވަހެއް ވެފައިވާކަމަށެވެ، މާލޭގެ ރައްޔިތުން ފިޔަވާ އެހެން ހުރިޙާ ރައްޔިތުންނަށް ބިން ލިބޭކަމަށާއި، މާޅޭގެ ރައްޔިތުންނަށް ބިން ދޫނުކުރާތާ 40 އަށް ވުރެ ގިނަ އަހަރުވެފައިވާކަމަށް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މާލޭގެ ރައްޔިތުންނަކީ ސަލާން ޖަހާނެ ބައެއް ނޫންކަަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަން. މާލޭގެ ރައްޔިތުން ނުދާނެ ސަލާން ޖަހާކަށް އިޒަތްތެރި ރައީސް.

– މެންބަރު މުޙައްމަދު ރަޝީދު

މުޙައްމަދު ރަޝީދު ވިދާޅުވީ ރާއްޖޭގައި ބޯހިޔާވަހިކަމަށް އެންމެ މުހިންމު މަސައްކަތެއްކުރީ ރައީސް ނަޝީދުކަމަށާއި، އެމަނިކުފާނު ކުރެއްވި މަސައްތުގެ ފައިދާ ވަރަށް ގިނަ ބަޔަކަށް ލިބުނުކަމަށެވެ. މުހައްމަދު ރަޝީދު މިހެން ވިދާލުވެފައިވާއިރު، މިސަރުކާރުގެ ދައުރު ދެބައިވެފައިވާއިރުވެސް، މިހާތަނަށް އެއްވެސް ބޯހިޔާވަހިކަމެއް މަޝްރޫޢުއެއް ފެށިފައި ނުވާކަަމަށް ބުނެ ބައެއް ފަރާތްތަކުގެ ފާޑުކިއުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

މިސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ޔަޤީންކޮށްދޭނެކަަމަށްވެސް މެންބަރު މުޙައްމަދު ރަޝީދު ވިދާޅުވިއެވެ. ނަމަވެސް މެންބަރު ބަހުސްކުރެއްވި ކޮމިޓީ ރިޕޯޓްގައި ވަނީ މި ސަރުކާރުގެ “ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2023-2019“ގައި ބޯހިޔާވަހިކަމާގުޅޭ މައިގަނޑު ސިޔާސަތުތައް ތަންފީޒު ކުރުމާއި ގާތައްވެސް އަދި މިހާތަނަށް މަސައްކަތް ކުރެވިފައި ނުވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.