މިއަދުވެސް 1800އަށް ވުރެ ގިނަ މީހުން ވެކްސިން ޖަހައިފި

މިއަދުވެސް 1800އަށް ވުރެ ގިނަ މީހުން ވެކްސިން ޖަހައިފި

Author
މުޙައްމަދު ޖިމީ
30 މާރޗް 2021 10:24
0

ރާއްޖެއިން ކޯވިޑް-19 ވެކްސިން މިއަދު 1،807 މީހަކު ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދުން ވެކްސިން ޖެހީ 656 މީހުންނެވެ. އަދި  އަތޮޅު ތެރެއިން ވެކްސިން ޖެހީ 1،151 މީހުންނެވެ.

މިއާއިއެކު މުޅި ރާއްޖެއިން ވެކްސިންޖެހި މީހުންގެ ޖުމްލަވަނީ 235،682އަށް އަރާފައެވެ. މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންގެ ޖުމުލަ ޢަދަދު ވަނީ 130،376އަށް ރާފައެވެ. އަދި އަތޮޅުތަކުން ވެކްސިންޖެހި މީހުންގެ ޖުމުލަ ޢަދަދުވަނީ 105،306އަށް އަރާފައެވެ. ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ 8 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ. އަދި މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި 2 މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުން އާދެއެވެ.

ރާއްޖޭގައި އަންނަނީ ވެކްސިން ޖަހާ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވަކްސިން ޖަހަމުންނެވެ. އެއީ ޢުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހުންނަށެވެ.

މިހާރު ރާއްޖޭގައި ޖަހަމުން އަންނަނީ ސިނޮފާމް ވެކްސިނެވެ. މީގެ ކުރިން ވަނީ ކޮވިޝީލްޑް ވެކްސިން ޖަހާފައެވެ. ނަމަވެސް އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން ހުސްވުމުން މިހާރު ޖަހަމުން އަންނަ ސިނޮފާމް ވެކްސިނަކީ ޗައިނާއިން ހަދިޔާކުރި ވެކްސިނެވެ.

ރައްޖޭގައި މިހާތަނަށް ވަނީ ތިން ވެކްސިނަކަށް ހުއްދަ ދީފައެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި، ސިނޮފާމްގެ އިތުރުން ފައިޒާ ވެކްސިނެވެ. މިއަދު ވަނީ ރާއްޖެއަށް ފައިޒާ ވެކްސިން ގެނެސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.