ސައުތު ކޮރެއާގައި ވަކި އުމުަރަކަށް ދިޔުމުން މިލިޓަރީއަށް ވަނުމަކީ މަޖުބޫރު ކަމެކެވެ. އެގޮތުން ސައުތް ކޮރެއާގެ މަޝްހޫރު ޕޮޕް ބޭންޑެއް ކަމަށްވާ އެކްސްއޯގެ މެމްބަރެއް ކަމުގައިވާ ޗަންޔެއޯލް ވަނީ މި ލިސްޓުގައި ހިމެނިފައެވެ.
އެސް އެމް އެންޓަޓެއިންމަންޓުން ވަނީ މި ދިޔަ ފެބުރުވަރީ މަހު މިކަން ޔަގީންކޮށްދީފަ އެވެ. އެސް އެމް އިން ނެރުނު ރިޕޯޓެއްގައި ވާގޮތުން ޗަންޔެއޯލް ޓްރެއިނިންގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ 29 މާރިޗު 2021 ގައެވެ. އެގޮތުން ހަތަރު ހަފްތާގެ ބޭސިކް ޓްރެއިނިންގް ނިންމާލުމަށްފަހު އެކްޓިވް ސިފައިންގެ މީހެއްގެ ގޮތުގައި އޭނާ މިލިޓަރީ ގައި މަސައްކަތް ކުރާނެއެވެ.
ޗަންޔެއޯލްގެ ކުރިން އެކްސްއޯއިން ޓްރެއިނިންއަށް ދިޔަ މެމްބަރުންނާއި ޚިލާފަށް އޭނާގެ ޑިއުޓީ ކުރާނީ ކޮންތަނެއްގައި ކަމެއް އާންމުކޮށްފަ އެއް ނުވެއެވެ.
ޗަންޔެއޯލް އަކީ އެކްސްއޯ އިން މިލިޓަރީއަށް ދިޔަ 5 ވަނަ މެމްބަރެވެ. އެނާގެ ކުރިން ގޮސްފައިވާ ޒިއުމިން އަދި ޑީ އޯ ވަނީ މިހާރު ސާރވިސް ނިމްމާލުމަށްފަހު ޑިސްޗާރޖްވެފަ އެވެ. އަދި 2020 ވަނަ އަހަރު މިލިޓަރީ އަށް ދިޔަ ސުހޯ އަދި ޗެންގެ ސާރވިސް އަދިވެސް ދަނީ ކުރިއަށެވެ.
އެންމެ ފަހުން ޗަންޔެއޯލް ފެނިފައިވަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ދަ ބޮކްސް" ގެ ޕްރެސް ކޮންފަރެންސްގައެވެ. ޗަންޔެއޯލްގެ ފޭނުން އަދި އެސް އެމް އިން ވަނީ އޭނާ ރަނގަޅު ސިއްހަތެއްގައި އެނބުރި އައުމުއަށް އެދިފައެވެ.
ކޮމެންޓު ފޮނުވާ