ސަޢުދި އަރަބިއްޔާއިން ރާއްޖެއަށް ކަދުރު ހަދިޔާކޮށްފިއެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ސަޢުދީން ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ. އެގޮތުން މިފަހަރު ސަޢުދީން ހަދިޔާކޮށްފައިވަނީ 25 ޓަނުގެ ކަދުރެއެވެ. މީގެ ކުރިން ސަޢުދީން ހަދިޔާކުރަމުން އައީ 50 ޓަނުގެ ކަދުރެވެ.
ސަޢުދީން ރާއްޖެއަށް ހަދިޔާކުރި ކަދުރާއި ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ.
ސަޢޫދީން ހަދިޔާކުރާ ކަދުރު ކޮންމެ އަހަރަކުވެސް ބަހަމުން އަންނައިރު މިދިޔަ އަހަރު ކަދުރު ބަހާފައިވަނީ ފަޤީރުންނަށް އިސްކަން ދީގެންނެވެ.
ކޮމެންޓު ފޮނުވާ