ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިނުމުންވެސް، އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ސަކަރާތް ޖައްސަވަނީކަމަށް ވިދާޅުވެ އެމްޑީޕީގެ ފުރަތަމަ ރައީސް އަދި އެޕާޓީ އުފެއްދުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި އިބްރާހީމް އިސްމާޢީލް ފާޑުވިދާޅުވެއްޖެއެވެ.
އޭސީސީގެ މެންބަރުންގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވެއްދުމުގެ ކުރިން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގައި ވޯޓު ނަގަން މަސައްކަތްކުރުމުން ފާސްވާވަރަށް ވޯޓް ލިބިފައެއް ނުވެއެވެ. އެމްޑީޕީގެ 65 މެންބަރުން ތިއްބަވާ ޕާލިމަންޓްރީ ގްރޫޕުން އޭސީސީގެ ރައީސް ދުރުކުރުމަށް ލިބުނީ އެންމެ 13 ވޯޓެވެ.
މީގެ އިތުރުންވެސް މި ސަރުކާރަކީ ވައްކަންކުރާ ސަރުކާރެއްކަމަށާއި، ވައްކަން ކުރާ ސަރުކާރަކާއެކު އެމްޑީޕީން ނޯންނާނެކަމަށް ވިދާލޫވެ ރައީސް ނަޝީދު މިސަރުކާރަށް ފާޑުވިދާޅުުވުމާއި ގުޅިގެން އެމްޑީީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ތެރޭގައިވެސް ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ.
އެމްޑީޕގެ ޕާލިމަންޓްރީ ގްރޫޕްގެ ތެރޭގައި ހުރި އެފަދަ މައްސަލަތަކަށް އިޝާރާތްކުރައްވާ އިބްރާހީމް އިސްމާޢީލް ވިދާޅުވީ، އެމްޑީޕީގެ އެންމެ އަށެއްކަ މެންބަރުން ތިބިއިރުވެސް އެ މެންބަރުންނާއެކު އެމްޑީޕީން ނަތީޖާ ނެރުނުކަމަށެވެ. ނަމަވެސް އެމްޑީޕީއަށް 65 މެންބަރުންނާއެކު މަޖިލިސް ހަވާލުކުރުމުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދު އެ މެންބަރުންނާއެކު ސަކަރާތް ޖައްސަވަނީކަމަށް އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ.
މަޖިލީހުގައި އަހަރެމެން ތިބީ އެންމެ އަށެއްކަ މެންބަރުން. ނަތީޖާ ނެރުނިން. އަންނި އަތައް65 މެންބަރުންނާއެކު މަޖިލިސް ހަވާލުކުރީމަ ޖަހަނީ ސަކަރާތް. ރީތިކޮށް އިނދެގެން ކޮއްލެވެން އޮތްކަމެއް، ކުރާނެ ގޮތެއްވެސް ނޭގިގެން އުޅޭހެން ހީވަނީ. ވެރިކަން ހަވާލުކުރީމާވެސް ވީ އެވަރު.
– އިބްރާހީމް އިސްމާޢީލް
Majlihugai aharemen thibee enme ashekka memberun. Natheejaa nerunin.
Anni athah 65 memberunnaa eku Majlis havaalu kureemaa jahanee sakaraaiy. Reethikoh in'dhegen kolleven oiy kameh, kuraane gothehves neygigen ulheyhen heevanee.
Verikan havaalu kureemaaves vee evaru.
— Ibra – Unapologetically for Justice (@ibramandhu) March 28, 2021
ރައީސް ނަޝީދު ގެންގުޅުއްވާ ބައެއް ސިޔާސަތުތަކަށް ޕާޓީ ތެރޭގައި ޚިޔާލުތަފާތުވެފައިވާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ކޮމެންޓު ފޮނުވާ