ނޯތު ކޮރެއާގެ ރައީސް އެޤައުމު ހިންގާގޮތަށް ޕާޓީއެއް ނުހިންގޭނެކަމަށް ވިދާޅުވެ، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.
ކޯވިޑް-19އާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާ ނުކުރުމަށް ނިންމެވުމާއި ގުޅިގެން އެމްޑީީގެ ތެރޭގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ. އެގޮތުން ރައީސް ނަޝިދު ފާޅުގައި ސަރުކާރަށް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. އަދި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މިސަރުކާރަށް ނިސްބަތްކުރައްވާ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މިއީ ވައްކަން ކުރާ ސަރުކާރެއްކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝިދުގެ ވާހަކަފުޅުތަކާއި ގުޅޭގޮތުން ވަކި ބޭފުޅެއްގެ ނަން އަމާޒުނުކުރައްވާ އަކްރަމް ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އުތުރު ކޮރެއާގެ ރައީސް އެޤައުމު ހިންގާގޮތަށް ޕާޓީއެއް ނުހިންގޭނެކަމަށެވެ.
North Korea ge Raees ey Qaumu hingaa gothah Party eyh nuhin geyne
— Akram Kamaludeen (@Akramkdeen) March 28, 2021
އަކްރަމް މިހެން ވިދާޅުވެފައިވާއިރު، އުތުރު ކޮރެއާގެ ޒައީމް ކިމް ޖޮން އުން އަކީ ދުނިޔޭގެ އެންމެ ޚުދުމުހުތާރުކޮށް ވެރިކަން ކުރާ ލީޑަރުގެ ގޮތުގެ ދުނިޔެ ސިފަކުރައްވާ ބޭފުޅެކެވެ.
އުތުރު ކޮރެއާއާއި އަޅާކިއުއްވާ އަކްރަމް ފާޑުވިދާޅުވިއިރު، އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދު ގެންގުޅުއްވާ ބައެއް ސިޔާސަތުތަކަށް އެޕާޓިގެ ބައެއް މެންބަރުން ފާޑު ވިދާޅުވަމުން ގެންދެއެވެ.
ކޮމެންޓު ފޮނުވާ