ޑެޕިއުޓީ ކޮމިޝަނަރަކަށް ޢަލީ ރަޝީދު އައްޔަންކޮށްފި

ޑެޕިއުޓީ ކޮމިޝަނަރަކަށް ޢަލީ ރަޝީދު އައްޔަންކޮށްފި

Author
މުޙައްމަދު ޖިމީ
28 މާރޗް 2021 12:58
0

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޢަލީ ރަޝިދ ހަމަޖައްސައިފިއެވެ.

ޢަލީ ރަޝީދު އެ މަޤާމަށް އައްޔަންކުރެއްވީ މިދިޔަ މިދިޔަ ބުރާސްފަތިދުވަހުއެވެ. އަދި މަޤާމު ހަވާލުކުރުމަށް އިސްކަންދަރުކޮށީގައި މިދިޔަ ހުކުރު ދުަވހު ވަނީ ރަސްމިްޔާތެއް ބާއްވާފައެވެ.

ޢަލީ ރަޝީދު ވަނީ ފުލުހުންގެ މުއައްސަސާއަށް 25 އަހަރު ޚިދުމަތްކުރައްވާފައެވެ. އަލީ ރަޝީދަކީ އަތޮޅުތަކުގެ ޕޮލިސް ސްޓޭޓަންތައް ބެހެއްޓުމުގެ އެންމެ އިސްކޮށް ހުންނެވި ފަރާތެވެ. މީގެ އިތުރުން ރިސޯސް މެނޭޖްމަންޓް ކަންކަންވެސް އޭނާ ގެންދަވަނީ ބަލަހައްޓަމުންނެވެ.

އަލީ ރަޝީދު ވަނީ މެލޭޝިއާއިން ޝަރީޢާ އެންޑް ލޯ އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ.

އަލީ ރަޝިދު ޑެޕިއުޓީ ކޮމިޝަނަރ އަކަށް އައްޔަންކުރެއްވުމުން މިހާރު އެ މަޤާމުގައި ތިއްބަވާނީ ޢަލީ ރަޝިދުގެ އިތުރުން ޢަބްދުލް މަންނާން ޔޫސުފެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.