ބެލްޖިއަމް އާއި ޗެކްރިޕަބްލިކް މެޗު އެއްވަރު

ބެލްޖިއަމް އާއި ޗެކްރިޕަބްލިކް މެޗު އެއްވަރު

Author
މުޙައްމަދު ޝަޒައިމް
28 މާރޗް 2021 10:05
0

ބެލްޖިއަމާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ޗެކް ރިޕަބްލިކުގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީވެސް އެ ޗެކްރިޕަބްލިކުންނެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ޗެކް ރިޕަބްލިކަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ލޫކަސް ޕްރޮވޯޑެވެ. އެކަމަކު އޭގެ 10 މިނެޓު ފަހުން ރޮމެލޫ ލުކާކު ވަނީ ލަނޑެއް ޖަހައި، މި މެޗުން ބެލްޖިއަމް ސަލާމަތްކޮށްދީފައެވެ.

މި މެޗުން ބެލްޖިއަމް އެއްވަރުވިއިރު، މި ގްރޫޕުގައި ދެން ހިމެނޭ ބެލަރޫސްއިން ވަނީ އަމިއްލަ ޤައުމުގައި 4-2 ގެ ނަތީޖާއަކުން އެސްޓޯނިއާ ބަލިކޮށްފައެވެ. އެހެންކަމުން ގްރޫޕް އީގެ އެއްވަނައިގައި އޮތް ޗެކް ރިޕަބްލިކާއި ދެވަނައިގައި އޮތް ބެލްޖިއަމަށް ވަނީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް ބެލަރޫސްއިން މިހާތަނަށް އެންމެ މެޗެއް ކުޅެފައިވާއިރު، އެ ޤައުމަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ.

މި ގްރޫޕުގައި ހިމެނޭ ޕޯޗުގަލާއި ސާބިއާ ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.