ސްޕެއިނަށް ގްރީސްއަތުން މޮޅުއް ނުވެވުނު

ސްޕެއިނަށް ގްރީސްއަތުން މޮޅުއް ނުވެވުނު

Author
މުޙައްމަދު ޝަޒައިމް
26 މާރޗް 2021 01:25
0

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ސްޕެއިން އަމިއްލަ ދަނޑުގައި ގްރީސްއާ 1-1 އިން އެއްވަރުވެއްޖެއެވެ.

ސްޕެއިން ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ 33 ވަނަ މިނިޓްގައި އަލްވާރޯ މޮރާޓާ އެވެ. މިއީ ކޯކޭ ތަނަވަސްކޮށްދިން ފުރުސަތަކުން މޮރާޓާ ޖެހި ގޯލެކެވެ. އޭގެ ކުރިން ސްޕެއިނުގެ ޒުވާން މިޑްފީލްޑަރު ޑެނީ އޮލްމޯ ވަނީ ލަނޑެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 11 މިނިޓް ތެރޭ ގްރީސް އިން ވަނީ އެއްވަރުކޮށްފަ އެވެ. ލިބުނު ޕެނަލްޓީ އަކުން މި ގޯލު ޖެހީ އަނަސްތަސިއޯސް ބަކަސެޓާސް އެވެ. އަލުން ލީޑުނަގަން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަަމަވެސް ލަނޑު ޖަހަން ސްޕެއިނުން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މޮރާޓާ އަށެވެ.

މިމެޗުން މޮޅުވުމަށް ދެޓީމުންވެސް ރަނގަޅު ފުރުސަތު ތަކެއް ތަނަވަސް ކުރުމަށް މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް މެޗު ނިމިގެންދިޔައީ ދެޓީމުން ކުރެ ޓީމަކަށް ކުރި ނުލިބިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.