ޖަރުމަނު މޮޅުވެ ގްރޫޕްގެ އެއްވަނައަށް

ޖަރުމަނު މޮޅުވެ ގްރޫޕްގެ އެއްވަނައަށް

Author
މުޙައްމަދު ޝަޒައިމް
26 މާރޗް 2021 01:21
0

ފީފާ ވާރލްޑް ކަޕަށް ކޮލިފައިވުމަށް ޔޫރަޕް ސަރަހައްދުގެ ކޮލިފައިންގ ގްރޫޕް ޖޭ ގައި ޖަރުމަނުވިލާތާއި އައިސްލަންޑް ބައްދަލުކުރިމެޗް ޖަރުމާނުވިލާތް ކާމިޔާބުކޮށްފިއެވެ.

އައިސްލެންޑް ކޮޅަށް ޖަރުމަނުގެ ގޯލުތައް ޖެހީ ލެއޯން ގޮރެޓްޒްކާ އާއި އިލްކާއި ގުންޑޮގާން އަދި ކައި ހަވާޓްޒް އެވެ. ނޮތަން އަޔަލެންޑް ކޮޅަށް އިޓަލީން ދެ ގޯލު ޖެހީ ވެސް ފުރަތަމަ ހާފުގަ އެވެ. އެ ޓީމުގެ ގޯލުތައް ޖެހީ ޑޮމިނީކޯ ބެރާޑީ އާއި ޗީރޯ އިމޯބިލޭ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޖަރުމަނު ކޯޗް ހޯކިމް ލޯ ހާމަކުރިގޮތުގައި މިމެޗްގައި އޭނާގެ ޓީމުގެ ފަރާތުން އެންމެ މޮޅު ކުޅުން ނުފެނުނު ކަމުގައި ވީ ނަމަވެސް އޭނާގެ ކުޅުން ތެރިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ. އަދި 2022 ވަނަ އަހަރުގެ ވާރލްޑް ކަޕުގެ ތައްޔާރީތަށް މޮޅަކުން ފެށުނީތީ ވަރަށް ހިތްހަމަ ޖެހޭ ކަމުގައި އޭނާ ހާމަކުރިއެވެ.

މިކާމިޔާބީ އާއެކު ޖަރުމަނުވިލާތް އުޅެނީ ގްރޫޕް ޖޭގެ އެއްވަނައިގައެވެ. މިގްރޫޕްގައި ރުމޭނިއާ އާއި އަރްމީނިއާވެސް ވަނީ އެދެޓީމް ރޭ ކުޅުނު މެޗް ކާމިޔާބުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.