ރާއްޖެއިން ކޯވިޑް-19 މިއަދު 24 މީހަކު ޕޮޒިޓިވްވެ ބަލިޖެހުނު ދިވެހިންގެ އަދަދު 7،158 އަށް އަރައިފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00އަށް ރާއްޖެއިން އިތުރު 24 މީހަކު ވަނީ ކޯވިޑް-10 އަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 20 ދިވެހިންނާއި 4 ބިދޭސީންނެވެ.
ރާއްޖެއިން މިހާތަނަށް 11،178 މީހުންނަށް ކޯވިޑް-19 ޖެހުނުއިރު އޭގެ ތެރެއިން 7،158 މީހުންނަކީ ދިވެހިންނެވެ. ބިދޭސީންގެ އަދަދަކީ 4020އެވެ.
✳️ COVID-19 Case Updates
As of 17.10.2020, 06:00 PM
Confirmed an additional 24 cases of COVID-19 infections in Maldives
– 20 Locals
– 4 ForeignersTotal number of cases: 11,178 pic.twitter.com/KQUsZiYpLP
— Health Protection Agency (@HPA_MV) October 17, 2020
ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދު އިތުރު 102 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 10،097އަށް އަރާފައެވެ.
ރާއްޖެއިން ކޯވިޑް-19 ޖެހިފައިވާ މީހަކު ފެނުނުތާ މިއަދަށް 223 ދުވަސް ވެފައިވާއިރު، ރާއްޖެއިން މި ބަލީގައި މިހާތަނަށް 36 މީހަކު ވަނީ ނިޔާވެފައެވެ. ރާއްޖެއިން އެންމެ ފަހުން މި ބަލީގައި މީހަކު ނިޔާވެފައިވަނީ މިއަދު ހެނދުނުއެވެ. އެއީ 67 އަހަރުގެ ދިވެހި ފިރިހެނެކެވެ. ރާއްޖެއިން މިހާތަނަށް މި ބަލީގައި ނިޔާވެފައިވަނީ 29 ދިވެހިންނާއި 7 ބިދޭސީންނެވެ.