ފްރާންސަށް ވަނދު ފެށުމެއް

ފްރާންސަށް ވަނދު ފެށުމެއް

Author
މުޙައްމަދު ޝަޒައިމް
25 މާރޗް 2021 10:35
0

ފީފާ ވޯލްޑް ކަޕްގެ ޔޫރަޕްގެ ކޮލިފައިންގައި އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސް ކުޅުނު މެޗު ޔޫކްރޭނާ 1-1 އިން އެއްވަރުވެއްޖެ އެވެ.

ފްރާންސް ދަނޑުގައި ރޭ ކުޅުނު މެޗުގައި އޮންޓޮއިން ގްރީޒްމަން މެޗުގެ 19 ވަނަ މިނިޓްގައި ވައްދާލި ގޯލުން އެ ޓީމު ލީޑުނެގި އެވެ. މިދިޔަ އޮކްޓޫބަރު މަހު ފްރާންސް އަތުން ޔޫކްރޭން ވަނީ 7-1 އިން ބަލިވެފަ އެވެ. ޔޫކްރޭނުން ނަތީޖާ ހަމަހަމަކުރި ގޯލަކީ މެޗުގެ 57 ވަނަ މިނިޓްގައި ފްރާންސްގެ ޑިފެންޑަރު ޕްރެސްނެލް ކިމްޕެމްބޭ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޔޫކްރޭނުގެ ސޭހީ ސިޑޯޗުކް ޖެހި ޝޮޓެއް ގޯލަށް ވަނީ ކިމްޕެމްބޭ ފައިގައި ޖެހިފަ އެވެ. އެ ބޯޅަ ހުއްޓުވަން ފްރާންސްގެ ކީޕަރު ހޫގޯ ލޮރީސް ކުރި މަސައްކަތް ކާމިޔާބެއްނުވިއެވެ.

ފްރާންސް ގްރޫޕްގައި ހިމެނޭ ފިންލޭންޑާއި ބޮސްނިއާ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އަޒަރުބައިޖާން ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލުން ޕޯޗުގަލް މޮޅުވީ 1-0 އިންނެވެ. ރޭ ތުރުކީ އިން ވަނީ ފޯރިގަދަ މެޗަކަށް ފަހު 4-2 އިން ނެދަލެންޑްސް ބަލިކޮށްފައެވެ. ނެދަލެންޑްސް ކޮޅަށް ރޭ ތުރުކީގެ ފޯވާޑް ބުރަކް ޔިލްމާޒް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ގޯލު ޖެހީ ހަކަން ޗަނޮނޮގްލޫ އެވެ. ނެދަލެންޑްސްގެ ދެ ގޯލު ޖެހީ ޑޭވީ ކްލާސެން އާއި ލޫކް ޑީ ޔޯންއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.