އިސްރާއީލާއި ފަލަސްތީން މަޝްވަރާގެ މޭޒަށް ގެނައުމަށް ޗައިނާއިން އިސް ނަގަނީ

އިސްރާއީލާއި ފަލަސްތީން މަޝްވަރާގެ މޭޒަށް ގެނައުމަށް ޗައިނާއިން އިސް ނަގަނީ

Author
ހުސެއިން
25 މާރޗް 2021 06:25
0

އިސްރާއީލާއި ފަލަސްތީންގެ މެދުގައި ސުލްހައިގެ ވާހަކަތަށް ބޭއްވުމަށް ދެގައުމުގެ އޮފިޝަލުން ޗައިނާއަށް ވަޑައިގަތުމަށް ދައުވަތު ދިނުމަށް އެގައުމުން ތައްޔާރުވަމުންދާ ކަމަށް، ޗައިނާގެ ފޮރިންގ މިނިސްޓަރ ވަންގ ޔި އާއި ހަވާލާދީ ބައެއް މީޑިއާ ރިޕޯތައް ބުނެފިއެވެ.

މިހަފްތާގައި މެދުއިރުމައްޗަށް ދަތުރު ކުރަމުންދާ ޗައިނާގެ ފޮރިންގ މިނިސްޓަރވަނީ، ޔަމަންގައި ކުރަމުންދާ ހަގުރާމަ ހުއްޓާލުމަށް ސައުދީ ސަރުކާރުން އިސްނަގައިގެން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކަށްވެސް ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައެވެ.

ފާއިތުވެދިޔަ ތަނުގައި ޗައިނާއިންވަނީ އެތައްފަހަރަކު، އެމެރިކާގެ ބަދަލުގައި، އިސްރާއީލާ ފަސްތީނު ސުލްހަކުރުމަށް އެގައުމުން އިސްނަގަން އޮތް ކަމަށް ބުނެފައެވެ. އަދި ޗައިނާއިންވަނީ، މި ދެގައުމު ސުލްހަ ކުރުވުމަށް ތަފާތު ޕްރޮޕޯސަލްތައްވެސް ފާއިތުވެދިޔަ ތަނުގައި ހުށަހަޅާފައެވެ.

"ޗައިނާގައި ސުލްހައިގެ މަޝްވަރާތައް ބޭއްވުމަށް، އިސްރާއިލް އަދި ފަލަސްތީނުގެ އާންމު އިސް ފަރާތްތަކަށް އަހަރެމެން ދައުވަތު ދޭނަން،" ޗައިނާގެ ފޮރިންގ މިނިސްޓަރ އަލް-އަރަބިއާ ނޫހަށް ވިދާޅުވިއެވެ.

ދައުވަތު ދެއްވާނީ އިސްރާއީން އަދި ފަލަސްތީނުގެ އާންމު އިސް ފަރާތްތަކަށް ކަމަށް ފޮރިންގ މިނިސްޓަރ ވަންގ ވިދާޅުވިއިރު، އޭނާގެ ވިސްނުމުގައި އޮތީ މި ދެގައުމުގެ ސަރުކާރުން އިސް އޮފިޝަލުންގެ ވާހަކަ ކަމެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ.

"އަހަރެމެން ގޮވާލަން، ޔަމަނުގައި ހިގަމުންދާ ހަގުރާމަ ހުއްޓާލުމަށް ސައުދީ ސަރުކާރުން އިސް ނަގައިގެން ކުރުމަށް އިއުލާން ކޮށްފައިވާ ކަންކަމަށް ވީހާ އަވަކަށް އަމަލީ ސިފައެއް ގެނައުމަށް،" ޔަމަނުގައި ހިގަމުންދާ ހަގުރާމައާއި ގުޅޭގޮތުން ވަންގ ވިދާޅުވެފައި ވެއެވެ.

ޔަމަނުގައި ހިގަމުންދާ ހަގުރާމަ ހުއްޓާލުމަށް ސައުދީ ސަރުކާރުން އިސްނަގައިގެން އިއުލާން ކޮށްފައިވާ ކަންކަމުގެ ތެރޭގައި، މުޅިގައުމުގައި ހަމަލާ ބަދަކުކުރުން ހުއްޓާ؛ލުމުގެ އިތުރުން، ހޫތީ ހަގުރާމަވެރި ގުރޫޕުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކާއި ވައިގެ މަގުންނާއި އަދި ކަނޑުގެ މަގުން ގުޅިފައިހުރި ލިންކުތައް ހުޅުވާލުންވެސް ހިމެނެއެވެ.

އެހެންމަވެސް އިރާނުން އެހީތެރިކަން ފޯރުކޮށްދެމުންދާ ހޫތީން ބުނެފައިވަނީ، ސައުދީ އަރަބިއާއިން ހުށަހަޅާފައިވާ ކަންކަމުން އެމީހުންގެ ހުށަހެޅުންތަކައް ހައްލުލިބިގެން ދިއުމުގެ ފުރުސަތު އޮތްކަމަށް އެމީހުން ގަބޫލު ނުކުރާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.