ރޮހިންގޔާ ކޭމްޕުގއި ރޯވި މި އަލިފާންގަޑުގެ ސަބަބނުން އެތައްހާސް ރެފިއުޖީންނެއްއިތުރަށް ހާލުގައި ޖެހިގެންދާނެ ކަމަށް ވަނީ ލަފާ ކުރެވިފަ

ރޮހިންގޔާ ރެފިއުޖީ ކޭމްޕުގައި އަލިފާން ރޯވެ ބޮޑު ބައެއް އަދާ ހުލި ވެއްޖެ

ރޮހިންގޔާ ރެފިއުޖީ ކޭމްޕުގައި އަލިފާން ރޯވެ ބޮޑު ބައެއް އަދާ ހުލި ވެއްޖެ

ގައުމުން ބޭރު ކޮށްފައިވާ މިޔަންމާރގެ ރޮހިންގޔާ ދަރިކޮޅުގެ މުސްލިމުން ދިރިއުޅުމަށް ބަންގލަދޭޝްގެ ކޮޒެސް ބާޒާރުއި ގައިމްކޮށްފައިވާ ރެފިއުޖީ ކޭމްޕުގައި ރޯވެ ބޮޑުބައެއް އަދާ ހުލިވެއްޖެއެވެ.

ޔޫއެންގެ ރެފިއުޖީ އެޖެންސީ، UNHCRއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ރެފިއުޖީ ކޭމްޕުގައި ރޯވި އަލިފާންގަޑުގެ ވަރުގަދަކަމުން، ރެފިއުޖީ ކޭމްޕުގައި ދިރިއުޅެއްމުންދިޔަ އެތަކެއް ހާސް ރޮހިންގޔާ މުސްލިމުންނެއްގެ ފުރާނައަށް ނުރައްކާ ވެފައެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އަލިފާން ނިއްވާ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާ، ބަންގްލަދޭޝްގެ ރެފިއުޖީ ރިލީފް އެންޑް ރީޕެޓްރިއޭޝަން ކޮމިޝަނަރގެ އިތުރުން ރެސްކިއު އެންޑް ރެސޕޮންސް ޓީމަތައްވެސް މިހާރުވަނީ މިސަރައްދަށް ގޮސްފައެވެ. ޔޫއެންގެ ރެފިއުޖީ އޭޖެންސީން މައުލޫމާތު ދީފައިވާ ގޮތުގައި، މިހުރިހާ ފަރާތްތަކުންވެސް، މި އަލިފާންގަޑު ނިއްވާލުމަށާއި އަދި އިތުރަށް ފެތުރިގެން ދިޔަ ނުދިނުމުގައިވަނީ ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޔޫއެންގެ އިންޓަރނޭޝަނަލް އޯގަނިޒޭޝަން އޮފް މައިގްރޭޝަން  (IOM)ގެ ޑިރެކްޓަރ ޖެނެރަލް އެންޓޯނިއޯ ވިޓޯރިނޯ ވިދާޅުވެފައިވަނީ، ރެފިއުޖީ ކޭމްޕުގައި ރޯވި އަލިފާންގަޑުގެ ބޮޑުކަމުން މި ރެފިއުޖީ ކޭމްޕުގެ ބޮޑުބައެއްއަދާ ހުލިވެފައިވާ ކަމަށާއި އަދި މީގެ ސަބަބުން މި ކޭމްޕުގައި ދިރިއުޅެމުންދިޔަ އެތައްހާސް ރެފިއުޖީންނަށް މީގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ.

"މިއަދު ބަންގްލަދޭޝަން ކޯޒެސް ބާޒާރުގެ ރެފިއުޖީ ކޭމްޕުގައި ހިގި އަލިފާނުގެ ހިތާމަވެރި ހާދިސާއާއި ގުޅިގެން މީގެ އަސަރު މި ރެފިއުޖީ ކޭމްޕުގައި ދިރިއެޅޭ މީހުންނަށް ވަރަށް ބޮޑަށް ކުރާނެ. ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރި،" ވިޓޯރިނޯ ވިދާޅުވިއެވެ. "އިންޓަރނޭޝަނަލް އޯގަނިޒޭޝަން އޮފް މައިގްރޭޝަންގެ ޓީމުތަކާއި އަދި ގުޅުންހުރި ހުރިހާ ފަރާތަކުންވެސް، މިހާރު އެކުއެކީގައި މަސައްކަތް ކުރަމުންދަނީ، މިކާރިސާއިން މީހުން ރައްކާތެރި ކުރުމަށް،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ރޯވި އަލިފާންގަޑުގެ އަސަރު ބޮޑު ސަރަހައްދަކަށްވަނީ ކޮށްފައި

މިހާދިސާ ހިގަމުން ދިޔައިރު އާންމު ވެގެންދިޔަ ބައެއް ފޮޓޯތަކުން ފެންނާން ހުރި ގޮތުގައި، ރެފިއުޖީ ކޭމްޕުގައި ޖަހާފައިހުރި ފޭލިގެތަކާއި އަދި ހަޓުތަކުގައި ރޯވެ މިތަންތަން އަދަމުން ދިޔައިރު، މި އަލިފާނުން ސަލާމަތް ވުމަށްޓަކާ އެތައްބަޔަކު ވަނީ، ދުރަށް ދުވަމުން ގޮސްފައެވެ. މިސަރަހައްދުގައި އަލިފާން ރޯވާން މެދުވެރިވީ ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.

"ވެގެން އުޅޭގޮތެއް އަހަރުމެންނަސް އެގުމުގެ ކުރިން، އަލިފާންގަޑު ފެތުރި، ޖިފުޓި ތަކުގައި އަލިފާން ރޯވެއްޖެ،" އަލިފާންގަޑު ފެތުރިގެންދިޔަ މަންޒަރު ދުށް، ސޭވް ދަ ޗިލްޑްރެންސްގެ ވޮލަޓިއަރެއް ކަމުގައިވާ ތައިބާ ބޭގަމް ކިޔައިދިނެވެ. "މީހުންތައް ދިޔައީ ރޮމުން ހަޅޭ ލައްވަމުން އެކި ކޮޅު ކޮޅު މައްޗަށް ދުވަމުން، ކުޑަކުދިންވެސް ތިބީ ވާނުވާ ނޭގި، އެމީހުންގެ އާއިލާތަކަށް ވީގޮތެއް ނޭގި ރޯން. މިއީ އަހަރެންގެ ހަޔާތުގަ އަހަރެން ދުށް އެންމެ ބިރުވެރި މަންޒަރު،" އޭނާ އިތުރަށް ކިޔައިދިނެވެ.

ޔޫއެންގެ ރެފިއުޖީ އެޖެންސީ، UNHCRއާއި އަދި ސޭވް ދަ ޗިލްޑްރެންއިން މައުލުމާތު ދީފައިވާ ގޮތުގައި، މިޔަންމާރއިން ބޭރުކޮށްފައިވާ އެގައުމުގެ ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުން ދިރިއުޅޭ ބަންގްލަދޭޝްގެ، ތޮށްޖެހިފައިވާ ކޯޒެސް ބާޒާރުގައި 900،000އަށްވުރެ ގިނަ ރެފިއުޖީން ދިރިއުޅެމުން ދެއެވެ.

2016 ވަނަ އަހަރާއި 2017ވަނަ އަހަރު، މިޔަންމާގެ އަސްކަރިއްޔާއިންވަނީ، އެގައުމުގައި ދިރިއުޅެމުންދިޔަ ބައިމަދު، ރޮހިންގޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އިންސާނިއްޔަތާއި ޚިލާފު އެތަކެއް ޖަރީމާތަކެއް ހިންގާ، 740،000 އަށްވުރެ ގިނަ މުސްލިމުން އެގައު ދޫކޮށް ދިއުމަށް މަޖުބޫރު ކޮށްފައެވެ. މި ހުރިހާ ރެފިއުޖީން ހިޖުރަ ކޮށްފައިވަނި އަވައްޓެރި ބަންގްލަދޭޝަށެވެ.

މި ޖަރީމާތަކާއި ގުޅިގެން އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ހިންގުމުގެ ދައުވާ އެގައުމުގެ ސަރުކާރާ ދެކޮޅަށް ބައިނަލް އަގުވާމީ ޖިނާޢީ ކޯޓުގައި ވަނީ އުފުލިފައެވެ. އަދި މި ދައުވާއިން އެގައުމުގެ އަސްކަރިއްޔާ ދިފާޢުކުރުމަށް، މިހާރު އަސްކަރީ ސަރުކާރުން ހައްޔަރުކޮށްފައިވާ އަންސަންގ ސޫކީ ބަައިނަލް އަގުވާމީ ކޯޓަށް ވަަޑައިގެން ވަކާލާތު ކޮށްފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *