ރެޑްމަންޑްގެ ދެ ގޯލާއިއެކު ސައުތެމްޓަން ސެމީއަށް

ރެޑްމަންޑްގެ ދެ ގޯލާއިއެކު ސައުތެމްޓަން ސެމީއަށް

Author
މުޙައްމަދު ޝަޒައިމް
21 މާރޗް 2021 09:26
0

އިނގިރޭސި އެފްއޭ ކަޕްގައި ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗު ފަސޭހަ ކަމާއިއެކު ކާމިޔާބުކޮށް ސައުތެމްޓަން އިން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރަށުން ބޭރުގައި ސައުތެމްޓަން، ބޯންމައުތާއި ކުޅުނު މެޗުން މޮޅުވީ ފަސޭހަ ކަމާއިއެކު 3-0 ގެ ނަތީޖާ އަކުންނެވެ. މިމެޗު ކޮންޓްރޯލްކޮށް މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވަނީ ސައުތެމްޓަނުންނެވެ. މި މެޗުގެ ތަރިއަކަށް ވެފައިވަނީ ސައުތެމްޓަން ގެ ފޯވާޑް ރެޑްމަންޑް އެއެވެ. އޭނާ ވަނީ މިމެޗުގައި ސައުތެމްޓަން އަށް ދެގޯލު ކާމިޔާބުކޮށްފައެވެ. މި މެޗުގައި އޭނާއަށް ވަނީ ހެޓްރިކް ހަދާނެ ފުރުސަތު ލިބި ބޭކާރު ވެފައެވެ.

މެޗުގެ 37 ވަނަ މިނިޓްގައި މޫސާ ޖެނެޕޯ ސައުތެމްޓަން އަށް ލީޑުނަަގައިދިނީ ރެޑްމަންޑް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ސައުތެމްޓަންގެ އަނެއް ދެ ގޯލު ޖެހިީ ރެޑްމަންޑް އެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލް ފަހު ދެ މެޗު މިރޭ ކުޅޭނެ އެވެ. ޝެފީލްޑް ޔުނައިޓެޑް ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. އަދި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާނީ ލެސްޓާ ސިޓީއާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.