Ad
ވަރުން ރާއްޖޭގައި، އޭނާގެ ފޮޓޯއަށް ބޮޑު ސަމާލުކަމެއް!

ވަރުން ރާއްޖޭގައި، އޭނާގެ ފޮޓޯއަށް ބޮޑު ސަމާލުކަމެއް!

Author
admin
17 އޮކްޓޯބަރ 2020 11:51
0

ބޮލީވުޑްގައި މިހާރު އެންމެ ފިޔަޖަހަމުން އަންނަ އެއް ތަރިއަކީ ވަރުން ދަވަން އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

އުމުރުން 33 އަހަރުގެ ވަރުން ދަވަން ޗުއްޓީ ހޭދަކުރަމުންދަނީ ސޮނެވާ ރިސޯޓުގައިއެވެ. ސޮނެވާގައި ހުރެ ނަގާފައިވާ ފޮޓޯއެއް ވަރުން ދަވަންގެ އިންސްޓަގްރާމަށް ލާފައިވާ އިރު ފޮޓޯއިން ފެނިގެން ދަނީ އޭނާ އެކަންޏެވެ.

32.6 މިލިއަން ފޮލޯވާސް ހިމެނޭ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި އެ ފޮޓޯ ހިއްސާކޮށް ވަރުގަދަ ކެޕްޝަނެއްވެސް ލިޔެފައި ވެއެވެ.
އޭނާ ހިއްސާ ކުރި އެ ފޮޓޯއަށް ރެއާއި ހަމައަށް ފަސް ލައްކައަށްވުރެ ގިނަ ލައިކްސް ލިބިފައިވާއިރު، 5000 އާއި ގާތް ކުރާ އަދަދަކަށް ކޮމެންޓްވެސް ލިބިފައި ވެއެވެ.

އޭނާގެ ނެށުމުގެ މޮޅުކަމާއި، އެކްޓް ކުރުމުގެ ހުނަރު ގިނަބަޔަކު ދައްކާއިރު، އޭނާގެ ރީތިކަމުގެ ވާހަކަދައްކާ މިހުންވެސް މަދެއް ނޫނެވެ. އެކަން ވަރަށް ރަނގަޅަށް ދާދި ފަހުން އޭނާ އިންސްޓަގްރާމް ކުރި ފޮޓޯއިން ހާމަވެއެވެ.

ބޮލީވުޑްގައި ޕްރޮމިސިންގ އެކްޓަރުންގެ ތެރޭގައި ހިމެނޭ ވަރުންއަކީ މީސް މީޑިއާގައިވެސް ވަރަށް ހިނގާ ތަރިއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
އޭނާގެ ފަހުގެ މަސައްކަތްތަކަށް ބަލާއިރު، އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ނޯރާ ފަތޭހީ އާއި ޝްރަދާ ކަޕޫރްއާއެކު ފެނިގެން ދިޔަ ސްޓްރީޓް ޑާންސާ 3ޑީންނެވެ. އޭނާ އެންމެ އަވަހަށް ދެން ފެނިގެން ދާނީ ސާރާ އަލީ ޚާން އާއެކު ފެނިގެންދާ ކޫލީ ނަމްބަރ 1 އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.