ކެޓްރީނާ ތަފާތު ގޮތަކަށް! މިވަނީ ކިހިނެތް؟

ކެޓްރީނާ ތަފާތު ގޮތަކަށް! މިވަނީ ކިހިނެތް؟

Author
ފާތިމަތު ނާވީ
21 މާރޗް 2021 08:12
0

ކެޓްރީނާގެ އާ ހެއަރސްޓައިލާ އެކު ނަގާފައި ވާ ފޮޓޯ ދެކުނިން ހެއްޔެވެ؟ ކެޓްރީނާ ކައިފް އޭނާގެ އާ ފިލްމަށް ތައްޔާރު ވުމުގެ ގޮތުން ވަނީ އޭނާގެ އިސްތަށިގަނޑު ކޮށާލާފަ އެވެ. އޭނާ ވަނީ މި އާ ލުކްގައި ނަގާފައި ފޮޓޯއެއް އިންސްޓްގްރާމުގައި ހިއްސާ ކޮށްފަ އެވެ.

މިދިޔަ ބުރާސްފަރި ދުވަހު ހިއްސާ ކޮށްފައިވާ މި ފޮޓޯއަށް ވަރަށް ގިނަ ބެލުންތެރިންގެ ލައިކާއި ކޮމެންޓުތައް ލިބެމުން ދެއެވެ. ބެލުންތެރިންގެ ސަމާލުކަން ހޯދާފައިވާ މި ފޮޓޯގައި ކެޓްރީނާ ލައިގެހުރީ މަޑޫ ނޫކުލައިގެ ސްޕެގެޓީ މަތި ކޮޅަކައި ޑެނިމް ސޯޓެކެވެ.

މި ފޮޓޯ ހިއްސާ ކުރަމުން ކެޓްރީނާ ބުނެފައިވަނީ "އާ ދުވަހެއް، އާ ހެއާ ކަޓެއް، އާ ފިލްމެއް" މިހެންނެވެ. ބެލެވޭ ގޮތުގައި މިއީ ކެޓްރީނާގެ ފިލްމު "ޓާއިގާ 3″ އިން ކެޓްރީނާ ފެނިގެންދާނެ ގޮތެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

މި ފޮޓޯ ހިއްސާ ކުރިތާ އެއްގަނޑިއިރު ހަމަނުވަނީސް ވަނީ ފަސްލައްކަ އަށް ވުރެ ގިނަ ލައިކް ލިބިފައެވެ. މީގެ ތެރޭގައި އަނުޝްކާ ޝަރްމާ އަދި މިނޫންވެސް އިތުރު ތަރިންވެސް ހިމެނެއެވެ. ސެލެބްރިޓީ ފެޝަން ޑިޒައިނާ މަނީޝް މަލްހޯތުރާވެސް ވަނީ މި ފޮޓޮއަށް ކޮމެންޓު ކޮށްފަ އެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

ކެޓްރީނާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ މަހު 30ގައި ސިނަމާތަކަށް އަންނަ ފިލްމު "ސޫރްޔަވަންޝީ" އެވެ. މީގެ އިތުރުން އޭނާ މިހާރު ކުރަމުންގެންދަނީ ފިލްމް " ޕޯން ބޫތު"ގެ މަސައްކަތްތަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.