ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސީރިއާގެ ވެކްސިނަށް ފައިސާ ދައްކާދީފައިވަނީ އިސްރާއީލުން

ވެކްސިން ފޯރިކޮށްދިން ފަރާތް ސިއްރުކޮށް، ސީރިއާއިން ކޯވިޑް ވެކްސިން ދޭން ފަށައިފި

ވެކްސިން ފޯރިކޮށްދިން ފަރާތް ސިއްރުކޮށް، ސީރިއާއިން ކޯވިޑް ވެކްސިން ދޭން ފަށައިފި

ގުޅުންހުރި

ހިގަމުންދާ އަހުލީ ހަގުރާމައިގެ ސަބަބުން ސުންނާފަތި ވެފައިވާ ސީރިއާގައި ކޯވިޑް19 އަށް ވެކްސިން ދޭން ފަށައިފިއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވެކްސިން ދޭންފެށިތާ އެތައް ދުވަހެއް ފަހުން، ސީރިއާގައި މިއަދު ވެކްސިން ދޭން ފަށާފައިވި ނަމަވެސް، އެގައުމަށް މިވެކްސުން ފޯރުކޮށްދިން ފަރާތެއް ސީރިއާއިން ވަނީ ސިއްރުކޮށްފައެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ސީރިއާއަށް ފޯރުކޮށްދީފައިވާ ކޯވިޑް19ގެ 5،000 ޑޯޒަކީ، ކޮން ގައުމަކުން ފޯރުކޮށްދިން ވެކްސިނެއްކަން ހާމަކުރުމުގައި ބަދަލުގައި ސީރިއާ ސަރުކާރުން ބުނެފައިވަނީ، އެގައުމަށް ކޯވިޑް19 ވެކްސިން ފޯރުކޮށް ދީފައިވަނީ "ރަހުމަތްތެރި" ގައުމަކުން ކަމުގައެވެ.

ސީރިއާގައި އެންމެ ފުރަތަމަ ވެކްސިން ދޭން ފަށާފައިވަނީ، އެގައުމުގެ ހަސްފަތާލްތަކުގައި، އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ ސިއްޙީ އެހީތެރިންނަށެވެ.

އެހެންނަމަވެސް، ސީރިއާގެ ސަރުކާރުގެ ބާރުގަ ދަށުގައިވާ ސަރަހައްތަކާއި އަދި ސަރުކާރާ ދެކޮޅު ހަގުރާމަވެރިންގެވެސް ބާރުގެ ދަށުގައިވާ ސަރަހައްދު ތަކުގައި ގިނަ އަދަދެއްގެ ރައްޔިތުންވަނީ، ބޭރު ދުނިޔޭގެ ބެލުމުގެ ދަށޫން ނޫން ގޮތަކަށް ކުރިޔަށްދާ ވެކްސިން ޕްރޮގްރާމެއްގައި، ވެކްސިންއިން އެފަރާތްތައް މަހުރޫމް ވެދާނެކަމަށް ބުނެ އަކަމުގެ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

ހަމައެއާއިއެކު، ވެކްސިން ފޯރުކޮށްދިން ފަރާތަކާއި އަދި ވެކްސިނަށް ދައްކަންޖެހޭ އަގު ދައްކާދިނީ ކޮންފަރާތަކުންކަށް ހާމަކުރަން ސީރިއާގެ ސަރުކާރުން ފަސްޖެހުނު ކަމުގައިވި ނަމަވެސް، ސިރީއާގެ ގިނަ ރައްޔިތުން ބުނަމުންދަނީ، އެގައުމަށް ފޯރުކޮށްދީފައިވާ ރަޝިއާގެ ސްޕުންޓިކް V ވެކްސިން އެގައުމަށް ފޯރިކޮށްދީފައިވަނީ، ކުއްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުން އިސްރާއީލުންކަން އެއީ އެންމެން ދަންނަ ބޮޑު ސިއްރެއް ކަމުގައެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ އެންމެ ގާތް އެކުވެރި ގައުމަކީ ރަޝިއާކަމުގައި ވިނަމަވެސް، އެގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ރަޝިއާއަކަށް އިތުބާރެއް ނުކުރެއެވެ. ރަޝިއާއިން ސީރިއާ ސިފައިންނާ ގުޅިން ދީފައިވާ ހަމަލާތަކުގައި ސީރިއާގެ ސިއްޙީ ޚިދުމަތްދޭ 600 ވަނީ ހަލާކު ކޮށްލާފައިވާ ކަމުގެ ތުހުމަތު ފާއިތުވެދިޔަ ތަނުގައި ވަނީ ކުރެވިފައެވެ.

އިސްރާއީލަކީ ސީރިއާގެ ޒަމާންވީ ދުޝަމަން ގައުމެކެވެ.

ދާދިފަހުން ރަޝިއާއިން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން، ކުއްވެރިން ބަދަލުކުރުމަށް ސީރިއާއާއި އިސްރާއީލާ ދެމެދު ކުރެވެނު މުއާމަލާތުގެ ތެރެއިން، އިސްރާއީލުން ސީރިއާއަށް އާދަޔާ ޚިލާފު އިތުރު އެހެން އެހީއެއް ފޯރުކޮށްދީފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.

ކުއްވެރިން ބަދަލު ކުރުމަށްޓަކާ ދެގައުމުގެ މެދު މިމަހު ކުރީކޮޅު ކުރެވުނު މުއާމަލާތުގެ ތެރެއިން، އިސްރާއީލުގެ ބާރުގެ ދަށުގައިވާ ސަރަހައްދަށް ވަން ސިރިޔާގެ ދެމީހަކު އިޒްރާއީލުން މިނިވަން ކުރުމުގެ ބަދަލެއްގެ ގޮތުން، ސީރިއާއިންވަނީ، ގޯލާންގެ ބޯޑަރު ހުރަސްކޮށް ސީރިއާގެ ސަރަހަދަށް ވަންް އިސްރާއީލުގެ އަންހެނަކު މިނިވަން ކޮށްދީފައެވެ.

އެހެންނަމަވެސް، ކުއްވެރިން ބަދަލު ކުރުމުގެ މި މުއާމަލާތުގެ ތެރޭގައި ހިމެނޭ އެހެނިހެން ކަންކަން ހާމަކުރުމަށް އިސްރާޢީލުގެ ރަސްމީ ފަރާތްތަކުން ވަނީ ދެކޮޅު ހަދާފައެވެ. ސަބަބަކީ މި ކަންކަން ހާމަކުރުމަކީ އިސްރާއީލުގެ އަސްކަރިއްޔާއިން ސެންސަރުކުމަށް ހަމަޖައްސާފައިވާ އުސޫލުތަކުގެ ތެރެއިން މަނާ ކުރާ ކަމަކަށް ވާތީއެވެ.

އެހެންނަމަވެސް، ކުއްވެރިން ބަދަލުކުރުމުގެ މުއާމަލާތުގެ ތެރޭގައި އެކުލެވޭ އެހެނިހެން ކަންކަމުގެ މައުލޫމާތު އެގިހުރި ފަރާތްތަކުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ސިރިއާއާއެކީ ކުއްވެރިން ބަދަލުކުރުމަށް ހެދި މިއެއްބަސްވުމަށް އަމަލީ ސިފަ ގެނައުމަށްޓަކާ، ރަޝިއާއިން ހުށަހަޅައިގެން، އެގައުމުގެ ސްޕުންޓިކް V ވެކްސިންގެ އެތައް މިލިއަން ޑޯޒެއް ސީރިއާއަށް ސަޕްލައި ކުރުމަށް އެތައް މިލިއަން ޑޮލަރެއް ދެއްކުމަށް އިސްރާއީލުން ވަނީ އެއްބަސްވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ