އެއްރަށުން އަނެއް ރަށަށް މަސްތުވާތަކެތި ގެންދިއުމުގެ މައްސަލަތަކެއްގައި 3 މީހުން ހައްޔަރުކޮށްފި

އެއްރަށުން އަނެއް ރަށަށް މަސްތުވާތަކެތި ގެންދިއުމުގެ މައްސަލަތަކެއްގައި 3 މީހުން ހައްޔަރުކޮށްފި

އެއްރަށުން އަނެއް ރަށަށް މަސްތުވާތަކެތި ގެންދިއުމުގެ 3 މައްސަލައެއްގައި މަސްތުވާތެކެއްޗާއިއެކު 3 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި ތިން އޮޕަރޭޝަން ހިންގީ އއ. އަތޮޅާއި އދ. އަތޮޅުގެ އިތުރުން ރ. އަތޮޅުގައި ކަމަށެވެ.

އެގޮތުން، އިއްޔެ މާލެއިން ތޮއްޑުއަށް ދިޔަ ލޯންޗަކުން ބޭލި ކޮތަޅެއް ހަވާލުވާނެ މީހަކު ނެތި ހުރި ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް އެ ކޮތަޅު ގެނެސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 12 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ.

އޭގެ އިތުރުން، މި މަހުގެ 15 ވަނަ ދުވަހުގެ ރޭ އދ. ފެންފުށިން މާމިގިއްޔަށް ޑިންގީއެއްގައި ގޮސް ފެންފުއްޓަށް އައި ދެ މީހަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކުޑަ ތިން ރަބަރު ޕެކެޓު ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން 33 އަހަރުގެ ދިވެހި ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން މި 2 މީހުންގެ ބަންދަށް 10 ދުވަސް ޖަހައިދީފައި ވާކަމަށް ފުލުހުން ބުނެއެވެ.

ރ. ރަސްމާދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ މާލެއިން ފުރައިގެން އެ ރަށަށް ދަތުރުކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އުނގޫފާރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ލޯންޗުން ގެނައި ކޮތަޅަކާ ހަވާލުވި 19 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް އޭނާ 7 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަ ކޯޓުން މުއްދަތު ޖަހައިދީފައި ވާކަމަށް ފުލުހުން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *