ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 41 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ބްރާސްފަތި ދުވަހުގެ އިރުއޮއްސި 18:00 އިން ހުކުރު ދުވަހުގެ އިރުއޮއްސި 18:00 އާއި ހަމައަށް ރާއްޖެއިން 41 މީހަކު ޕޮޒިޓިވް ވެފައިވާކަމަށެވެ. މިއާއިއެކު ރާއްޖެއިން ޕޮޒިވި މީހުންގެ އަދަދު ވަނީ 11،154 އަށް އަރާފައެވެ. މީގެ ތެރެއިން 37 މީހުން މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވާއިރު، އަތޮޅު ތެރެއިން ވަނީ 7 މީހަކު ޕޮޒިޓިވް ވެފައެވެ.
އެޗް.ޕީ.އޭއިން ޢާއްމުކުރައްވާފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 41 މީހުންގެ ތެރެއިން 37 މީހުންނަކީ ދިވެހިންނެވެ. ދެން ޕޮޒިޓިވް ވެފައިވަނީ އިންޑިޔާ 2 މީހަކާއި، ނޭޕާލް އާއި ބަންގްލަދޭޝް މީހެކެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއިއެކު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 1،117 ގައެވެ. އައިސޮލޭޝަންގައި 384 މީހަކު އެބަތިއްބެވެ. ހޮސްޕިޓަލުގައި ދަނީ 49 މީހަކަށް ފަރުވާދެމުންނެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 64 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 9،995 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 28 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 35 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.
✳️ COVID-19 Case Updates
As of 16.10.2020, 06:00 PM
Confirmed an additional 41 cases of COVID-19 infections in Maldives
– 37 Locals
– 4 ForeignersTotal number of cases: 11,154 pic.twitter.com/DnkPuqyvtd
— Health Protection Agency (@HPA_MV) October 16, 2020
ރާއްޖެއިން ކޯވިޑް19 އަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅުތަކަަށް ދަނީ ލުއިދެމުންނެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދު އަލުން އިޔާދަ ކުރުމަށްޓަކައި އަތޮޅުތެރޭގެ ރަށްތަކުގައިހުރި ގެސްޓް ހައުސްތައް ހުޅުވަން ހުއްދަ ދިނުމާއި، މާލެ ސަރަހައްދުގެ ބައެއް ގްރޭޑްތަކަށް ކިޔަވައިދޭން ވަނީ ހުއްދަދީފައެވެ. ނަމަވެސް މިކަންކަމަށް ލުއިދެމުންދަނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށް ޚާއްސަ ގައިޑްލައިނެއްގެ ތެރެއިންނެވެ.
ކޮމެންޓު ފޮނުވާ