މަރަޑޯނާގެ މަރަށް އިްނސާފު ހޯދުމަށް އެތައް ބަޔަކުވަނީ މޒާހިރާ ކޮށްފަ

މަރަޑޯނާގެ ކުއްލި މަރަށް އިންސާފު ހޯދުމަށް މުޒާހިރާ ކޮށްފި

މަރަޑޯނާގެ ކުއްލި މަރަށް އިންސާފު ހޯދުމަށް މުޒާހިރާ ކޮށްފި

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާކަމަށް ގިނަބަޔަކު ގަބޫލުކުރާ، އާޖެންޓީނާގެ ފުޓުބޯޅތަރި ޑިއޭގޯ މަރަޑޯނާގެ ކުއްލި މަރަށް އިންސާފު ހޯދުމަށް އާޖެންޓީނާގެ ގިނަބަޔަކު މުޒާހިރާ ކޮށްފިއެވެ.

މަރަޑޯނާގެ ކުއްލި މަރަށް އިންސާފު ހޯދުމަށް އެތައްބަޔަކު ބުދަ ދުވަހު މުޒާހިރާ ކޮށްފައިވާއިރު، ބޮލުގެ އޮޕަރޭޝަނެއްކޮށް، ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކުއްލި ގޮތަކަށް މަރަޑޯނާ މަރުވެދިއުމުގައި ސިއްޙީ އިހުމާލެއްވޭތޯ ބެލުމަށް މިހަފްތާގައި، މިކަމަށް އެކުލަވާލެވިފައިވާ ސިއްޙީ ތަޖުރިބާކާރުންގެ ޓީމަކުންވަނީ ބައްދަލު ކޮށްފައެވެ.

މަރަޑޯނާގެ މަރަށް އިންސާފު ހޯދުމަށް، އާޖެންޓީނާގެ ވެރިރަށް ބޮއިނަސް އެއިރިސްގެ ސެންޓްރަލްގައި މުޒާހިރާ ކުރި ފަރާތްތަކުން ތިބީ، އޭނާގެ ފުޓު ބޯޅައިގެ ރަންޒަމާނުގައި މަރަޑޯނާ ބޭންކުރި ޖާޒީތަކުގައި އަދި އޭނާގެ ފޮޓޯ ހިމެނޭ ޕޯސްޓަރުތަކާއި ބެނާރތައް ހިފައިގެންނެވެ.

"އޭނާ މަރުވެފައިވަނީ ގުދުރަތީ މަރަކުންނެއް ނޫން، އެމީހުން އޭނާ މަރާލީ،" މި މުޒާހިރާ އިންތިޒާމްކުރި ފަރާތްތަކުން ސޯޝަލް މީޑިއާގައި ދައުރުކޮށްފައިވާ ލިޔެކިއުންތަކުގައި ލިޔެފައި ވެއެވެ. "މަރަޑޯނާއަށް އިންސާފު ހޯދައިދީ، އަދި ޒިންމާވާ ފަރާތްތަކަށް އަދަބު ދީ."

މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމުގައި ބެލެވޭ މަރަޑޮނާ މަރުވެފައިވަނީ، އުމުރުން 60 އަހަރުގައި، ހިތް ހުއްޓިގެން، ފާއިތުވި ނޮވެމްބަރު މަހު، އާޖެންޓީނާގެ ޓައިގަރ ސިޓީގައެވެ.

1986 ވަނަ އަހަރުގެ ވޯލްޑްކަޕް އާޖެންޓީނާއަށް ކާމިޔާބު ކޮށްދިންފަހުން، އެގައުމުގައި މަރަޑޯއަކީ ބަތަލެއްކަމުގައި ގިނަބަޔަކު ދެކެއެވެ. އަދި މަރަޑޯނާއަށް އެންމެ ފަހުގެ އަލްވަދާއު ކިއުމަށް އޭނާގެ ޖަނާާޒާއަށް އާޖެންޓީނާގެ އެތައްހާސް ބަޔަކު އެއްވެފައި ވެއެވެ.

ޟުޒާހިރާ ކުރި ފަރާތްތަކުންވަނީ މަރަޑޯނާގެ ފޮޓޯ ބޭނުންކޯށްގެ ޝުޢޫރު ފާޅުކޮށްފަ

އާޖެންޓީނާގެ ބައެއް ފަރާތްތަކުން ދެކޭގޮތުގައި، މަރަޑޯނާ މަރުވެފައިވަނީ، އޭނާއަށް ފަރުވާ ދެމުންދިޔަ ބައެއް ފަރާތްތަކުގެ އިހުމާލުންނެވެ.

ސިކުޑީގައި ލޭގަޑުވުމުގެ ސަބަބުން ކުރެވުނު ސިކުޑީގެ އޮޕަރޭޝަނަކަށްފަހު، އެއް ހަފްތާފަހުން މަރަޑޯނާ މަރުވުމުގެކުރިން އޭނާއަށް ފަރުވާކުރި ޑޮކްޓަރުންނާއި އަދި ނަރުހުން ފަރުވާކުރުމުގައި ބޭނުންކުރި ލިޔެކިޔުންތައް، އާޖެންޓީނާގެ ޕަބްލިކް ޕްރޮސެކިއުޓަރ އައްޔަން ކޮށްފައިވާ މެޑިކަލް އެކްސްޕާޓުންގެ ޓީމުން މިހަފްތާގައިވަނީ ދިރާސާ ކުރަން ފަށާފައެވެ.

މިގޮތުން އިންވެސްޓިގޭޓަރުން ބަލަމުންދަނީ، މަރަޑޯނާއަށް ފަރުވާ ދެމުންދިޔަ މެޑިކަލް ޓީމުން އޭނާއަަށް އެކަށިގެންވާ ގޮތެއްގައި ފަރުވާ ދީވައިވޭތޯއާއި އަދި އެމީހުން މަރަޑޯނާގެ މަރުގެ ޒިންމާ އުފުލަން ޖެހޭތޯއެވެ. މަރަޑޯނާއަށް ފަރުވާކުރި ފަރާތްތަކުން މިކަމުގައި އިހުމާވެފައިވާ ކަމަށް ސާބިތުވެއްޖެނަމަ، 15 އަހަރުގެ ޖަލު ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް އެކުލަވާލެވިފައިވާ ތަޖުރިބާކާރުންގެ ޓީމުގައި ހިމެނެނީ 10 މެޑިކަލް ސްޕެޝަލިސްޓުންނާއި އަދި މި މައްސަލައިގެ މަސްލަހަތު އެކުލެވޭ އިތުރު 10 ފަރާތެކެވެ. މި ޓީމުގެ ހޯދުންތަކުގެ މައްޗަށް އެކުލެވޭ ރިޕޯޓު ކުރިޔަށް އޮތް ދޭއް ނުވަތަ ތިން ހަފްތާތެރޭގައި އެކުލަވާލާ ނިންމަން ޖެހެއެވެ.

މަރަޑޯނާގެ ނިއުރޯސާޖަން ލިއޯޕޮލްޑޯ ލުކޫ އާއި ސައިކޭޓްރިސްޓް އަގުސްޓިނާ ކޮސަކޯވްގެ އިތުރުން ސައިކޮލޮޖިސްޓް ކާލޮސް ޑިއާސްގެ މައްޗަށް މިމައްސަލާގައި ކުރެވެމުންދާ ތުހުމަތުތައް މިހާރުދަނީ ތަހުގީގު ކުރެވެމުންނެވެ. އަދި މީގެ އިތުރުން މަރަޑޯނާއަށް ފަރުވާކުރުމުގައި ހަރަކާތްތެރިވި 2 ނަރުހުން ކަމުގައިވާ، ނާސިން ކޯޑިނޭޓަރއާއި މެޑިކަލް ކޯޑިނޭޓަރގެ މައްޗަށް ކުރެވޭ ތުހުމަތުތައްވެސް ދަނީ ތަހުގީގް ކުރެވެމުންނެވެ.

ފާއިތުވެދިޔަ ޑިސެމްބަރުމަހު ހަދާފައިވާ މަރަޑޯނާގެ އޮޓްޕްސީން ދައްކާފައިވާ ގޮތުގައި، މުޅި ހަޔާތުގައިވެސް، ރަލާއި އަދި ޑްރްގަށް ދެވިހިފާފައިވާ މަރަޑޯނާ، އޭނާ މަރުވުމުގެ ކުރިން މަނާ ޑްރަގްސް ނުވަތަ ރަލުގެ ބޭނުންވެސް ކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް މި އޮޓޮޕްސީން ދައްކާފައިވާ ގޮތުގައި މަރަޑޯނާގެ ކިޑްނީއާއި، ހިތާއި އަދި ފުއްޕާމޭގައި މައްސަލަތައް ހުއްޓެވެ.

އޭރު ބައެއް އޮފިޝަލުން ރޮއިޓާސް ނިއުސް އޭޖެންސީއަށް މައުލުމާތު ދީފައިވާ ގޮތުގައި، ނިޔާވިއިރު، މަރަޑޯނާ ގެންދިޔައީ، ޑިޕްރެޝަންއަށާއި، ހާސްވުމާއި އަދި މިނޫނަސް މިފަދަ ބައެއް ސިއްޙީ މައްސަލަތަކަށް ފަރުވާ ހޯދުމަށް ބޭސް ބޭނުންކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *